ޖީޖީ އާއި ޒޭންގެ ދަރިފުޅަށް ކީ އާދަޔާހިލާފް ނަމަކީ މީ!

ޖީޖީ އާއި ޒޭންގެ ދަރިފުޅަށް ކީ އާދަޔާހިލާފް ނަމަކީ މީ!

Author
ފާތިމަތު ނާވީ
26 ޖެނުއަރީ 2021 03:15
0

އެކިއެކި ސެލެބްރިޓީން އެމީހުންގެ ދަރިންގެ ނަން އާންމުކޮށް ހިއްސާކުރަނީ ހާއްސަ އިވެންޓުތަކުގައި ނުވަތަ މެގަޒިން ތަކުންނެވެ. ނަމަވެސް މަޝްހޫރު މޮޑެލް ޖީިޖީ ހަދީދް އޭނާއާއި ލަވަކިޔުންތެރިޔާ ޒޭން މާލިކްގެ އަންހެންދަރިފުޅުގެ ނަން ފޭނުންނަށް ހިއްސާކޮށްފައިވަނީ އިންސްޓާގުރާމުގެ ބަޔޯ އިންނެވެ.

ޕްރޮފައިލްގެ ނަމުގެ ދަށުގައި ޖީޖީ ހަދީދް ވަނީ "ޚައި ގެ މަންމަ" މިހެން އިނގިރޭސިން ލިޔެފައެވެ. ޖީޖީގެ މި ބަދަލާއި ބެހޭގޮތުން ވާހަކަ ދައްކާފައިނުވިޔަސް ބަޔޯ ބަދަލުކުރިތާ މާ ގިނަ އިރެއް ނުވަނީސް މިކަން ވަނީ އާންމުންގެ ލޮލުގައި އަޅައި ގަނެފައެވެ.

 

View this post on Instagram

 

A post shared by Gigi Hadid (@gigihadid)

ޖީޖީ ހަދީދް އަދި ޒޭން މާލިކްވެސް އެމީހުންގެ ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް މިހާތަނަށް އަދި ހިއްސާކޮށްފައި ނުވިޔަސް ދަރިފުޅު ފެންނަ އެކި ފޮޓޯތަށް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މީގެ ދެހަފްތާ ކުރިން ޖީޖީ ވަނީ ދަރިފުޅުގެ އިނގިލީގައި ހިފަހައްޓާލައިގެން އޮތްތަން ފެންނަ ފޮޓޯއެއް ހިއްސާކޮށްފައެވެ. އަދި އެއަށްފަހު ޖީޖީ ވަނީ ނިއު ޔޯކްގެ ފިނި މޫސުމުގައި ސްނޯގައި ސްޓްރޯލާއެއް ދުއްވަނިކޮށް ފެންނަ ވީޑިއޯއެއްވެސް ހިއްސާކޮށްފައެވެ. މި ވީޑިއޯ ހިއްސާކުރަމުންވެސް ވަނީ "ދަަރިފުޅުގެ ފުރަތަމަ ސްނޯ" ކަމަށް ބުނެފައެވެ.

 

View this post on Instagram

 

A post shared by Gigi Hadid (@gigihadid)

ޚައި އުފަންވެފައިވަނީ މިދިޔައަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. ދަރިފުޅު އުފަންވި ޚަބަރު ޓްވިޓާގައި ހިއްސާކުރަމުން ޒޭން ލިޔެފައިވަނީ "އެދެމީހުންގެ ބޭބީ ގާލް އައިސްފިކަމަށާއި ބޭބީ ގެ ހާލަތު ރަނގަޅުކަމަށެވެ." އަދި "އޭނާގެ އިހުސާސްތައް މިވަގުތު ކިޔައިނުދެވޭނެކަމަށް" ވެސް ލިޔެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.