ނަޝީދު، ޑރ.އިޔާޒަށް: މަނިކުފާނުގެ ހަރުކަށިފިކުރު ދިވެހިން ބަލައިނުގަނޭ

ނަޝީދު، ޑރ.އިޔާޒަށް: މަނިކުފާނުގެ ހަރުކަށިފިކުރު ދިވެހިން ބަލައިނުގަނޭ

Author
މުޙައްމަދު ޝަޒައިމް
26 ޖެނުއަރީ 2021 12:52
0

އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ކަންކަން ބަދަލުކުރުމަށް ޖުޑީޝަރީ ތެރެއިން މަސައްކަތް ކުރުމުން އެކަމަށް ޑރ.އިޔާޒު ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައީސް ނަޝީދުގެ ފޭކް ޓުވިޓާ އެކައުންޓުން ޑރ.އިޔާޒަށް ރައްދު ދެއްވައިފިއެވެ.

ދެމަފިރިއެއްގެ ކައިވެނީގެ ވަރި ސާބިތުކުރުމަށް ޝަރުއީ މަރުހަލާއިން ކުރިމަތިމަތިވާ ގޮންޖެހުންތަކަށް އިޝާރާތްކުރައްވައި ޑރ.އިޔާޒު ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޑރ.އިޔާޒު އިސްލާމީ ޝަރީއަތުގައި ކަންކަން އޮންނަ ގޮތްކަމަށް ވިދާޅުވެ ދައްކަވާ ވާހަތަކަކީ ދިވެހިން ބަލައިގަންނަ ވާހަކަތަކެއް ނޫންކަމަށެވެ. ދިވެހިން މިއަދު ޑރ.އިޔާޒުގެ ހަރުކަށި ފިކުރު ބަލައި ނުގަންނަކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އިސްލާމީ ޝަރީއަތުގައި ކަންއޮތް ގޮތް ކަމަށް މަނިކުފާނުގެ ހަރުކަށި ފިކުރުގައިވާ ގޮތް ކިޔާ ދެއްވުމުން މިއަދުގެ ދިވެހިން ބަލައެއް ނުގަނޭ.

– ރައީސް ނަޝީދުގެ ފޭކް އެކައުންޓުން ކުރި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އިޔާޒު ވިދާޅުވީ އިސްލާމްދީނުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ވަނިކޮށް ޖުޑީޝަރީ ތެރެއިން އެކަންކަން ވަކި ގޮތަކަށް ބަދަލު ކުުރުމަކީ އިންސާފު ޤާއިމްކުރުމަށް އޮތް އެންމެބޮޑު ހުރަސްކަމަށެވެ. ދެމަފިން ވަރިވުމަށްފަހު ރުޖޫއަކުރެވޭ ވަރިއެއްނަމަ އެކަން ކުރުމުގެ ފުރިހަމަ އިޚުތިޔާރު ފިރިމީހާއަށް ކިބިފައިވާއިރު، އެކަން ވަކިގޮތަށް ޤާނޫނުން ކަނޑައަޅަން އުޅުމަކީ ގަބޫލުކުރެއްވޭނެ ކަމެއްނޫންކަމަށެވެ.

އިސްލާމީ ޝަރީއަތުގައި ވަކިގޮތަކަށް ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ ޤާނޫނީ ގޮތުން އަދި އެހެންވެސް ގޮތްތަކުން އެޔާއި ޚިލާފަށް ގޮތެއް ނުނިންމޭނެ. ޖުޑީޝަރީގެ ފަރާތުން ކޯޓުތަކަށް މިކަން ސާފުކޮށްދެއްވަން އެބަޖެހޭ. ނޫންނަމަ އެތައްބަޔަކަށް އޭގެ އަނިޔާލިބެމުން އެބަދޭ. ދެމަފިރިން ވަރިވުމަށްފަހު ރުޖޫއަކުރެވޭ ވަރިއެއްނަމަ އެކަން ކުރުމަކީ ފިރިމީހާޔަށް ލިބިގެންވާ ބާރެއް. ވަރި ކުރުމަށް އަނބިމީހާގެ ރުހުމެއް ބޭނުންނުވާ ފަދައިން ރުޖޫޢަކުރުމަށްވެސް ބޭނުން ނުވޭ. މިޔާއި ޚިލާފަށް ކޯޓުތަކުން މައްސަލަތައް ނިންމީމާ ހުރިހާވެސް ގެއްލުމެއް ލިބެނީ ކަނބަލުންނަށް.

– އިޔާޒު ވިދާޅުވިއެވެ.

އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުނުކޮށް އަމިއްލަ ޤާނޫނުތައް ހަދަމުންދާ މައްސަލާގައި ދީނީ އިލްމުވެރިންނާއި، ބައެއް ރައްޔިތުންގެ ކަންބޮޑުވުންވެސް ދޭތެރެ ދޭތެރެއިން ފާޅުކުރަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.