އަމިއްލަ ޤާނޫނު ހަދައިގެން އަންހެން ކަނބަލުންނަށް އަނިޔާކުރުން ހުއްޓާލާކަށް ނުވޭތޯ: ޑރ.އިޔާޒު

އަމިއްލަ ޤާނޫނު ހަދައިގެން އަންހެން ކަނބަލުންނަށް އަނިޔާކުރުން ހުއްޓާލާކަށް ނުވޭތޯ: ޑރ.އިޔާޒު

Author
މުޙައްމަދު ޝަޒައިމް
26 ޖެނުއަރީ 2021 12:38
0

އަމިއްލަ ޤާނޫނު ހަދައިގެން އަންހެން ކަނބަލުންނަށް އަނިޔާކުރުން ހުއްޓާލާކަށް ނުވާކަމަށް ބުނެ ދީނީ އިލްމުވެރިޔާ ޑރ.މުހައްމައު އިޔާޒުގެ ސުވާލެއް ރާއްޖޭގެ ޖުޑީޝަރީއަށް ކުރިމަތިކޮށްފިއެވެ.

ޑރ.އިޔާޒު މިފަދަ ސުވާލެއް ކުރިމަތި ކުރައްވާފައިވަނީ ދެމަފިރިއެއްގެ ކައިވެނީގެ ވަރިސާބިތުކުރުމަށް ޝަރުއީ މަރުހަލާއިން ކުރިމަތިމަތިވާ ގޮންޖެހުންތަކަށް އިޝާރާތްކުރައްވައި ކުރެއްވި ޓްވީޓުގައެވެ. ޑރ.އިޔާޒުވިދާޅުވީ ދީނީ ގޮތުން މިފަދަ ކަންކަމުގައި އޮންނަ ރައުޔުތަކާއި، ހުކުމްތައް ދޫކޮށް އަމިއްލަ ޤާނޫނު ހަދައިގެން ކަންކަން ކުރުމުން ގެއްލުން ލިބެނީ ކަނބަލުންނަށްކަމަށެވެ.

ކުރީގެ ފިރިމީހާ ބުނަނީ ރުޖޫއަ ކޮށްފިކަމަށް. ކޯޓުން ބުނަނީ ރުޖޫއަ ނުކުރެވޭނެކަމަށް. ނަމަވެސް ޝަރުޢީގޮތުން އެއޮތީ ރުޖޫޢަވެފަ. ދެން ކިހިނެތްތޯ އަންހެން މީހާ އެހެން ފިރިހެނަކާއި ކައިވެރި ކުރަނީ؟ އަމިއްލަ ޤާނޫނު ހަދައިގެން އަންހެން ކަނބަލުންނަށް އަނިޔާކުރުން ހުއްޓާލާކަށް ނުވޭތޯ؟

– ޑރ.އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ވިދާޅުވީ އިސްލާމްދީނުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ވަނިކޮށް ޖުޑީޝަރީ ތެރެއިން އެކަންކަން ވަކި ގޮތަކަށް ބަދަލު ކުުރުމަކީ އިންސާފު ޤާއިމްކުރުމަށް އޮތް އެންމެބޮޑު ހުރަސްކަމަށެވެ. ދެމަފިން ވަރިވުމަށްފަހު ރުޖޫއަކުރެވޭ ވަރިއެއްނަމަ އެކަން ކުރުމުގެ ފުރިހަމަ އިޚުތިޔާރު ފިރިމީހާއަށް ކިބިފައިވާއިރު، އެކަން ވަކިގޮތަށް ޤާނޫނުން ކަނޑައަޅަން އުޅުމަކީ ގަބޫލުކުރެއްވޭނެ ކަމެއްނޫންކަމަށެވެ.

އިސްލާމީ ޝަރީއަތުގައި ވަކިގޮތަކަށް ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ ޤާނޫނީ ގޮތުން އަދި އެހެންވެސް ގޮތްތަކުން އެޔާއި ޚިލާފަށް ގޮތެއް ނުނިންމޭނެ. ޖުޑީޝަރީގެ ފަރާތުން ކޯޓުތަކަށް މިކަން ސާފުކޮށްދެއްވަން އެބަޖެހޭ. ނޫންނަމަ އެތައްބަޔަކަށް އޭގެ އަނިޔާލިބެމުން އެބަދޭ. ދެމަފިރިން ވަރިވުމަށްފަހު ރުޖޫއަކުރެވޭ ވަރިއެއްނަމަ އެކަން ކުރުމަކީ ފިރިމީހާޔަށް ލިބިގެންވާ ބާރެއް. ވަރި ކުރުމަށް އަނބިމީހާގެ ރުހުމެއް ބޭނުންނުވާ ފަދައިން ރުޖޫޢަކުރުމަށްވެސް ބޭނުން ނުވޭ. މިޔާއި ޚިލާފަށް ކޯޓުތަކުން މައްސަލަތައް ނިންމީމާ ހުރިހާވެސް ގެއްލުމެއް ލިބެނީ ކަނބަލުންނަށް.

– އިޔާޒު ވިދާޅުވިއެވެ.

ޑރ.އިޔާޒު އަކީ ދިނީ ގޮތުން މިފަދަ ޚިޔާލުތައް އަބަދުވެސް ފާޅު ކުރައްވައި ރާއްޖޭގެ ޖުޑީޝަރީގެ ތެރެއިން އިސްލާމީ އުސޫލުތައް ހަނިވާގިތަށް ކަންކަން ކުރާތީ އެކަމަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.