އުއްމުކުލްސުމް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފި

އުއްމުކުލްސުމް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
26 ޖެނުއަރީ 2021 11:55
0

ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ އުއްމުކުލްސުމް އަބޫބަކުރު ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ބ.ޖުޑީޝަލް ދާއިރާ ހިންގެވުމާ ވަގުތީ ގޮތުން ޙަވާލުވެ ހުންނެވި ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ އުއްމުކުލްސުމް އަމިއްލައަށް އެދިގެން މަސައްކަތްކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ ދަށުން ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުވުމަށް އެދިލެއްވުމާ ގުޅިގެން، 11 ފެބުރުވަރީ 2021 ން ފެށިގެން ބަދަލުކުރަން ނިންމާފައިވާ ނިންމާފައެވެ.

ކޮމިޝަނުން މިފަދައިން ނިންމުމާއެކު، 11 ފެބުރުވަރީ 2021 ން ފެށިގެން ކ.ޖުޑީޝަލް ދާއިރާ ހިންގުން ވަގުތީ ގޮތުން ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ލަޠީފްއާ ޙަވާލު ކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.