ތިމަރަފުށީގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު މީހުންގެ މައުލޫމާތު އާންމުކޮށްފި

ތިމަރަފުށީގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު މީހުންގެ މައުލޫމާތު އާންމުކޮށްފި

Author
މުޙައްމަދު ޝަޒައިމް
26 ޖެނުއަރީ 2021 11:43
0

ތ.ތިމަރަފުށީގައި ޓެރެރިސްޓު ހަމަލާއެއް ދޭން އުޅުނު މީހުންގެ މައުލޫމާތު ފުލުހުން ދެންމެ އާންމުކޮށްފިއެވެ.

ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކުން އިސްވެތިބެ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދީ، ޓެރަރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއްކަމަށް ދައްކައި، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވައި، އެކަމަށް ހިއްވަރުދީ، ތިމަރަފުށީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ އިސްފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާޙް-3″ ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތާއިއެކު ފުލުހުންވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގައި މިކަމުގައި ޝާމިލުވި މީހުން ހައްޔަރުކޮށްފައެވެ.

މިމައްސަލައާ ގުޅިގެން 2020 ނޮވެމްބަރ 11 ވަނަ ދުވަހު ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް މިމައްސަލާގައި ތުހުމަތުކުރެވޭ 6 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި 2020 ނޮވެމްބަރ 27 ވަނަ ދުވަހު ތިމަރަފުށިން އިތުރު 2 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގްސަދަކީ ފުލުހުން ބުނި ގޮތުގައި އައިސިސް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި އެ މީހުން ލައްވާ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.