ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ނަމަވެސް ކައުންސިލް އިންތިޚާބު ބޭއްވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހުތަކާއިއެކު އިންތިޚާބު ބާއްވާނެ ތާރީޚު މިއަދު ދޭއްޖަހާއިރު އިއުލާނު ކުރުމަށް ހަމަޖެހިއްޖެއެވެ.
އިންތިޚާބު ބާއްވާނެ ތާރީހެއް މިއަދު އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުން ބާއްވާ އެކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައެވެ. މިއަދު 11 ޖަހާއިރު ބާއްވަން އިއުލާނުކުރި ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުން މިހާރުވަނީ މިއަދު 2 ޖަހާއިރަށް ފަސްކޮށްފައެވެ. އިންތިޚާބު ބާއްވާނެ ތާރީޚެއް މިބައްދަލުވުމުގައި އިއުލާނުކުރާއިރު، އިންތިޚާބު ބާއްވާނެ ތާރީހެއް ކޮމިޝަނުން ނިންމާފައިވާކަމަށް މައުލޫމާތު ލިބިފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ފަސްކުރަންޖެހުނު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާއިއެކު އިންތިޚާބު ބާއްވާނެ ތާރީޚެއް މާދަމާ ކަނޑައަޅާނެ ކަމުގައި އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުންދާއިރު، މި އިންތިޚާބު ބޭއްވުމަށްޓަކައި އެންމެފެހުން ބޭއްވުނު އިލެކްޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގައިވަނީ އިންތިޚާބު އިތުރަށް ފަސްކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ.
އަދި އިންތިޚާބު އޭޕްރީމް މަހުގެ 3 ވަނަ ދުވަހު ނޫނީ އޭޕްރީލް 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. މި ތާރީޚުތަކަށް ޤައުމީ ލަފާދޭ ކޮމިޓީން ތާއީދު ކުރާއިރު، ކަންބޮޑުވުންތަކެއްވެސް ވަނީ ފާޅުކޮށްފައެވެ. އެގޮތުން މިތަރީހުގައި އިންތިޚާބު ބާއްވާއިރު، ޤަނޫނީ ގޮތުން އިންތިޚާބު ބާއްވަން ކެންޕެއިން ކުރުމާއި، އިލެކްޝަން އޮފިޝަލުން ތަމްރީން ކުރުމާއި، އެނޫންވެސް ހުރި ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާހަގަކޮށްފައެވެ.
އިންތިޚާބު މެއި މަހުގެ 10 ގެ ކުރިން ނުބޭއްވޭނެ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެކަން 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހެއެވެ. އިންތިޚާބާއި ގުޅޭ ޚާއްޞަ ޤާނޫނަށް އިޞްލާހު ގެނެސްފައި މިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރީ ކޯވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެންނެވެ.
އިންތިޚާބު ބޭއްވުމަށް ގިނަ ގޮންޖެހުންތަކެއް ހުރިއިރު، އެޗްޕީއޭއިން އެކުލަވާލަންޖެހޭ ފައިނަލް ގައިޑްލައިން މިހަފްތާގައި އާންމުކުރާނެއެވެ.
ކޮމެންޓު ފޮނުވާ