އިނގިރޭސި ފުޓްބޯޅަ ކްލަބް ޗެލްސީގެ ކޯޗްކަމުން ފްރޭންކް ލަންޕާޑް ވަކިކޮށްފި އެވެ.
Chelsea Football Club has today parted company with Head Coach Frank Lampard.
— Chelsea FC (@ChelseaFC) January 25, 2021
އޭނާ އެ މަގާމުން ވަކިކުރިކަން ޗެލްސީން ހާމަކޮށްފައިވާއިރު، މި ސީޒަނަށް ޗެލްސީން ބޮޑު އަގުގައި ކުޅުންތެރިން ގެނެސްފައިވެއެވެ. ޗެލްސީގެ ކޯޗުކަމާއި ލަމްޕާޑު ހަވާލުވީ2019 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. ލަމްޕާޑަކީ 2003 ވަނަ އަހަރު ޗެލްސީއާ އަބްރަމޮވިޗް ހިންގަން ހަވާލުވި ފަހުން އެ ޓީމަށް ގެނައި 10 ވަނަ ފުލްޓައިމް ކޯޗެވެ.
ލަމްޕާޑް އާ މެދު ޗެލްސީގެ ކެތްތެރިކަން ކޮޅުންލީ، މި ސިޒަނަށް އަބްރޮމޮވިޗް ހަރަދު ކުރި 200 މިލިއަން ޕައުންޑާ އެކުވެސް ޓީމަށް ނަތީޖާ ނުނެރެވުމުންނެވެ. ޓްރާންސްފާގައި ޗެލްސީން، ބެން ޗިލްވެލް، ކައި ހަވަޓްޒް، ޓީމޯ ވާނާ، ހާކިމް ޒިޔެޝް އަދި އެޑްއާޑް މެންޑީ ބޮޑު އަގު ގައި ގެނެ އެވެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިން ކުރިން ދެއްކި ކުޅުން، ޗެލްސީގައި ނެރުމުގައި ލަމްޕާޑަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފަ އެއް ނުވެ އެވެ.
ލަމްޕާޑްގެ ބަދަލުގައި، ތޯމަސް ޓޫހުލް ގެންނަ ވާހަކަ އެންމެ ފުރަތަމަ ރިޕޯޓް ކުރި، ދި އެތުލެޓިކުން ބުނެފައި ވަނީ ޖަރުމަން ބަހުން ވާހަކަ ދައްކާ ކޯޗަކަށް ޗެލްސީން ބަލަމުން ދިޔަ ކަމަށެވެ. މިދިޔަ މަހު ޓޫހުލް ޕީއެސްޖީގެ ކޯޗް ކަމުން ވަކި ކުރުމުން އަބްރޮމޮވިޗްގެ ސަމާލުކަން ޓޫހުލް ގެނައުމަށް ބަދަލު ކުރި ކަމަށް، އެ ނޫހުން ބުނެ އެވެ.
ކޮމެންޓު ފޮނުވާ