އިލެކްޝަން ކޮމިޝަންގެ ނާއިބްރައީސަކަށް އިސްލާއިލް ހަބީބު އިންތިޚާބު ކޮށްފިއެވެ.
ހަބީބު އިންތިޚާބު ކޮށްފައިވަނީ އިލެކްޝަން ކޮމިޝަންގެ 623 ވަނަ ބައްދަލުވުމުގައި ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އިލެކްޝަން ކޮމިޝަންގެ ނާއިބްރައީސްގެ މަޤާމު ހުސްވެފައިވަނީ އެމަޤާމު ފުރުއްވަމުންދިޔަ އަހުމަދު އަކުރަމް މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހްމަދު އަކްރަމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން 18 ނޮވެމްބަރު 2020 ގައެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންވަނީ އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަޙްމަދު އަކްރަމް އެކޮމިޝަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައިގައި އަކްރަމްއާއި އެކޮމިޝަނުގެ މެންބަރުންގެ އިތުރުން މިމައްސަލައިގެ ވިކްޓިމް އެކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
އިލެކްޝަން ކޮމިޝަންގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަނުގެ ރައީސަކާއި، ނައިބު ރައީސަކު ޢައްޔަންކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން، ކޮމިޝަނުގެ މެންބަރުންކަމަށެވެ. ޤާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމު، ނުވަތަ ކޮމިޝަނުގެ ނާއިބުރައީސްކަމުގެ މަޤާމު، ނުވަތަ ކޮމިޝަނުގެ މަޤާމެއް ހުސްވެއްޖެނަމަ، އެމަޤާމެއް ހުސްވާތާ 60) ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެމަޤާމަށް މީހަކު އަލުން ޢައްޔަންކުރަންވާނެކަމަށެވެ.
އަކްރަމް މަޤާމުން އިސްތިއުފާ ދެއްވައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ކޮމިޝަންގެ މެމްބަރުކަމުން އިސްތިޢުފާދެއްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޮމެޓީން އޭނާ މަޤާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާއި ގުޅިގެންކަމަށެވެ.
ކޮމެންޓު ފޮނުވާ