ފިނޮޅުގައި ކޯރު ކެނޑި މައްސަލާގައި ގިލިލަންކަންފުށި ރިސޯޓް ޖީއެމް ފުރުން މަނާ ކޮށްފި

ފިނޮޅުގައި ކޯރު ކެނޑި މައްސަލާގައި ގިލިލަންކަންފުށި ރިސޯޓް ޖީއެމް ފުރުން މަނާ ކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 ޖެނުއަރީ 2021 05:51
0

ހިންމަފުށީ ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރުކެނޑި މައްސަލަ އާއި ގުޅިގެން ގިލިލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނެރެދީފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އޭނާ ފުރުން މަނާ ކުރުމަށް ރޭގެ ވަގުތެއްގައި އަމުރަކަށް އެދުނު ކަމަށެވެ. އަދި މިހާރު އޭނާ ފުރުން މަނާ ކުރުމަށް އަމުރު ލިބުމާއެކު އެކަން ގުޅުން ހުރި މުވައްސަސާތަކާއި ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ދަނީ މި މައްސަލަ އީޕީއޭއާ ގުޅިގެން ތަހުގީގު ކުރަމުންނެވެ.

ހިންމަފުށީ ކައިރީގައި އޮތް މިފިނޮޅު ހަލާކުރި މައްސަލަ ޢާއްމުންނާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާއިން ނަމަވެސް މިކަމުގެ ރިޕޯޓް ރަސްމީކޮށް ފުލުހުންނާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އީޕީއޭއަށް ހުށަހެޅީ ހިންމަފުށީ ކައުންސިލުންނެވެ. ފުލުހުންނާއި އީޕީއޭއިން މި މައްސަލަ ތަހުގީގުކުރަމުން އަންނައިރު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އީޕީއޭގެ ފަރާތުން ވަނީ ދީފައެވެ.

މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ ގިލިލަންކަންފުށި ރިސޯޓުގެ ޖީއެމް ޑޭވިޑް ސްޓެޕެޓިކާއެކު ބައެއް މުއައްޒަފުން ވަނީ ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް އަރައި އެތަން ނައްތާލުމަށް ކޯރު ކަނޑަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ހިންމަފުށީ ރައްޔިތުން ވަނީ ފުލުހުންނާއެކު އެ ފިނޮޅަށް އަރައި އެކަން ހުއްޓުވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.