ފުށިފަރު ރިސޯޓުން ޖެޓްސްކީގައި ފުރި ދެ ދިވެހިން ފެނިއްޖެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މި ދެމީހުންނާއި ޖެޓްސްކީ ފެނިފައިވަނީ މިރޭ 20:45 ހާއިރު ޅ.އަތޮޅުގައި އޮންނަ ކުރެއްދޫ ރިސޯޓު ކައިރިން ކަމަށެވެ. މިދެމީހުން ފެނިފައިވަނީ ކުރެއްދޫ ރިސޯޓުގެ ލޯންޗަކަށް ކަމަށާއި، ދެމީހުންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

ޖެޓްސްކީގައި ދިޔަ ދެމީހުންނާއި ހަވާލާދީ އެމްއެންޑީއެފްއިން ބުނެފައިވަނީ އެމީހުން ގެއްލުނީ ޖެޓްސްކީއަށް ދިމާވި ކަމަމާއި ގުޅިގެން އޮޔާދިއުމުންކަމަށެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ ގެއްލިގެން ހޯދަމުން ދިޔައީ 24 އަހަރުގެ ދިވެހި ފިރިހެނަކާއި، 29 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:05 ގައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. މިދެމީހުން ރިސޯޓުން ފުރާފައިވަނީ މިއަދު ހަވީރު 17:45 ގައި ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ. މިހާރު މިދެމީހުން ކުރެއްދޫ ރިސޯޓަށް ވަނީ ގެންގޮސްފައެވެ. ދެމީހުން ދަތުރުކުރި ޖެޓްސްކީ ޖެޓްސްކީގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް އެދެމީހުން މައުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުއެވެ.
ކޮމެންޓު ފޮނުވާ