ހޯރަފުށީ މެޖިސްޓްރޭޓް ޝަރީފްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި

ހޯރަފުށީ މެޖިސްޓްރޭޓް ޝަރީފްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
23 ޖެނުއަރީ 2021 08:36
0

ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ޝަރީފްގެ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރުމަށް ތަހްޤީޤު ކޮމެޓީއެއް އެކުލަވާލައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ޝަރީފް ތަނާޒުލްވާން ޖެހޭ މައްސަލައަކުން ތަނާޒުލް ނުވެ އެ މައްސަލަ ހިންގައި ނިންމިކަމަށް ބުނާ މައްސަލައެއް ތަޙުޤީޤުކުރުމަށް 13 ޖަނަވަރީ 2021 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ މި އަހަރުގެ 4 ވަނަ ޖަލްސާގައި އެ މައްސަލަ ތަޙުޤީޤުކުރުމަށް ތަޙުޤީޤު ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ.

ޖޭއެސްސީން ގެންދަނީ ގިނަ މެޖިސްޓްރޭޓުންގެ ސުލޫކީ މައްސަތަކެއް ބަލަމުންނެވެ. އަދި ގިނަ އަދަދެއްގެ ފަނޑިޔާރުންގެ މައްސަލަ ބަލައި ޖޭއެސްސީންވަނީ އެބޭފުޅުން މަޤާމުން ވަކިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.