ޝަހީދުގެ މައްސަލަ ޖޭއެސްސީން ޕާކްކުރީ މިފަދަ ދުވަހެއް އައުމުން ކަރުގައި ހިފުމަށް: ހައިލަމް

ޝަހީދުގެ މައްސަލަ ޖޭއެސްސީން ޕާކްކުރީ މިފަދަ ދުވަހެއް އައުމުން ކަރުގައި ހިފުމަށް: ހައިލަމް

Author
މުޙައްމަދު ޝަޒައިމް
23 ޖެނުއަރީ 2021 05:24
0

ހައިކޯޓިގެ ފަނޑިޔާރު ޝަހީދުގެ ސުލޫކީ މައްސަލަ ޕާކްކޮށްފައި ޖޭއެސްސީން ބާއްވާފައިވަނީ، ވަކި ނިޔަތެއްގައި ކަމަށާއި، އެކަން މިއަދު ވަރަށް ރަނގަޅަށް ހާމަވާކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އިއްވާފައިވާ 5 އަހަރު ދުވަހުގެ ޖަލު ހުކުމަކީ ގޯސް ނިންމުމެއްކަމަށް ހައިކޯޓުގައި ރަޢުޔު ނެރުއްވި ފަނޑިޔާރު ޙުސައިން ޝަހީދާއި ގުޅޭ ދެ މައްސަލައެއް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަމުން އަންނަކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. މިމައްސަލަތަކަކީ މީގެ ކުރިންވެސް އެކޮމިޝަނުން ބަލަމުންދިޔަ މައްސަލަތަކެކެވެ. ނަމަވެސް މިމައްސަލަތައް ނުބައި ދެ އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ރައީސް ޔާމީންގެ ޖަލުހުމް ދެމެހެއްޓުމަށް ހައިކޯޓުން ނިންމެވި ދުވަހު ފަނޑިޔާރު ޝަހީދުގެ ރަޢުޖު ހުރި ގޮތުން މީގެ 2 އަހަރު ކުރިން ޖޭއެސްސީން ބަލަން ފެށި ޝަހީދުގެ ސުލޫކީ މައްސަލަ ދެން ނިކަން ބާރަށް ކުރިޔަށް ދާނެކަމީ ފެންނާނެ ހަގީގަތެއްކަމަށް މީގެ ކުރިންވެސް ހައިލަމް ވަނީ ވިދާޅުވެފައެވެ. ހައިލަމް އެހެން ވިދާޅުވިތާ ގިނަ ދުވަސްތަކެއްނުވެ މިމައްސަލަތައް ބަލަމުންދާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

މިމައްސަލަ ހުށަހެޅުނުފަހުން 2 އަހަރުވީ. ޖުޑިޝަލް ސާވިސް ކޮމިޝަނުން ޝަހީދުގެ މައްސަލައިގެ އަޑުއެހުން ނިންމާލިފަހުން އަހަރެއް ވީއިރު ވެސް ގޮތެއް ނިންމާފައި ނުވަނީ މިފަދަ ދުވަހެއް އައުމުން ފަނޑިޔާރުގެ ކަރުގެ ހިފުމުގެ ބޭނުމަށް.

– ހައިލަމް ވިދާޅުވިއެވެ.

ޖޭއެސްސީން ވަނީ ރައީސް ޔާމީންގެ ހުކުމް ކުރުމަށް އެއްގަޑި އިރަށް ވެފައި ވަނިކޮށް ހައިލަމް ފަނޑިޔާރުކަމުން ސަސްޕެންޑުކޮށް، އެކި ތުހުމަތު ކުރައްވާފައެވެ. ހައިލަމްގެ އިތުރުންވެސް ގިނަ އަަދަދެއްގެ ފަނޑިޔާރުން ޖޭއެސްސީންވަނީ ވަކިކޮށް، ފަނޑިޔާރުންނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ދޭތެރެ ދޭތެރެއިން ބަލައި، ގިނަ އަދަދެއްގެ ފަނޑިޔާރުން ވަކިކުރަމުންދާ މައްސަލާގައި ގިނަ ބައެއްފެ ފާޑުކިޔުން ޖޭއެސްސީ އަށާއި މިސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.