މިދިޔަ އަހަރަކީ އެމްޓީސީސީގެ 40 އަހަރުގެ ތާރީޚުގައިވެސް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރުކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ޢާންމުކޮށްފައިވާ އެކުންފުނީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން
ސާފު ފައިދާގެ ގޮތުގައި 85.62 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ އެމުއްދަތުގައި ލިބުނު ނަތީޖާއާއި އަޅާބަލާއިރު %15.52 އިތުރު އަދަދެކެވެ. 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި އެމްޓީސީސީއަށް ލިބިފައިވަނީ ސާފު ފައިދާގެގޮތުގައި 31.41 މިލިއަން ރުފިޔާއެވެ.
2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި ހަމައަށް ޖުމުލަ 35.1 ބިލިއަން ރުފިޔާގެ ލިބިފައިވާއިރު، 2019 ވަނަ އަހަރުގެ އެމުއްދަތުގައިލިބިފައިވަނީ 14.1 ބިލިއަން ރުފިޔާއެވެ. މި ނަތީޖާއަކީ ކުންފުނީގެ 40 އަހަރުގެ ދިގު ތާރީޚްގައި މާލީ އަހަރެއްގަ އި ރެކޯޑްކުރެވިފައި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވުނު އަހަރުކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
2020 ވަނައަހަރުގެ ހަތަރުވަނަ ކުއާޓާރގައި ކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން ހަތަރުވަނަ ކުއާޓާރގައި ވަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކާމިޔަބުކަމާއިއެކު ހިންގާފައެވެ. އެގޮތުން 52 މަޝްރޫއެއްގައި މަސައްކަތްކުރެވި 11 މަޝްރޫއެއްގެ މަސައްކަތްވަނީ ކަމިޔާބުކަމާއިއެކު ނިންމާލާފައިވެއެވެ. އަދި 5 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއަރޓާގައި ވަނީ ފެށާ، އިތުރު 17 މަޝްރޫއެއްގެ މަސައްކަތާއި އެކުންފުނިން ވަނީ ހަވާލުވެފައެވެ. އަދި މުޅި އަހަރަށް ބަލާލާއިރު، ޖުމުލަ 34 އުމްރާނީ ތަރައްޤީ މަޝްރޫއެއްގެ މަސައްކަތް 2020 އަހަރު ތެރޭ ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއްވެސް އެކުއާޓާރ ތެރޭގައިވަނީ ހިންގާފައެވެ. އަދި ކުންފުނީގެ މަޝްރޫޢުތައް ހިނގަމުންދާ ރައްރަށުގެ މުޖުތަމައުތަކައްވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވާނީ އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދީ ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާކަން އެމްޓީސީސީން ފާހަގަކުރެއެވެ.
#Highlights of the press conference to brief 2020, 4th quarter financial performance. The year 2020 marks the best financial performance in our 40 yr long history. pic.twitter.com/3FbqBgfQnO
— MTCC Plc (@MTCCPlc) January 23, 2021
ކޯވިޑް-19 ގެ ސަބަބުން ކުންފުނީގެ އެކި ވިޔަފާރިތަކަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތަށް އެކުންފުނިން އެކުލަވާލާ، ހާލަތު ބަދަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައާކުރަމުން އަންނަކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ކޯވިޑް-19 އާ ގުޅިގެން ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އައިސްފައިވާއިރު، ފަރުވާތެރިކަމާއެކު ވިޔަފާރިތަކަށް އެހާލަތުގައި ގެންނަންޖެހޭ ބަދަލުތަށް ގެނެސް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ޙިކްމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި، މިފިޔަވަޅުތަކުގެ ނަތީޖާ ހާސިލްކުރެވިފައިވާކަމުގައި އެކުންފުނީގެ ހިއްސާދާރުންގެ މަޢުލޫމާތަށް އެކުންފުނިން ބުނެފައިވެއެވެ.
އީޖާދީ ތަރައްޤީއަށް ހިތްވަރުދިނުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ކަންކަން އިޞްލާޙުކުރުމުގައި މެދުނުކެނޑި
މަސައްކަތް ކުރާނެކަމަށާއި، އެންމެހާ ވިޔަފާރިތައް ކުރިއަރުވާ ކުންފުނީގެ ޙިއްޞާދާރުންނާއި މުޖުތަމަޢުއަށް ނަފާ ލިބޭގޮތަށް މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަންދޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެކުންފުނީގެ ފައިދާ އިތުރުވެފައިވާއިރު، އެމްޓީސީސީގެ އެސެޓް ބޭސްވެސް މިހާރު އިތުރުވެފައިވާކަމަށެވެ. އެގޮތުން އަހަރު ފެށިއިރު އެކުންފުނީގެ އެސެޓް ބޭސްއަކީ 2.2 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިހާރު އެސެޓް ބޭސް 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ. އަދި މިއާއެކު އެ ކުންފުނީގެ ހިއްސާދާރުންނަށް ރަނގަޅު އާމްދަނީއެއް ދިނުމަށް އެކުންފުނީގެ ބޯޑަށް ހުށަހަޅާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ