ގަލޮޅު މޯޗަރީ ކައިރީގައި ހުންނަ ގުދަނެއްގައި ރޯވެ، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި މި ގުދަނުގައި ވަރަށް ބޮޑަށް އަލިފާން ހިފާފައިވާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަން ހުރި އިރު، ސިފައިން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންނެވެ. އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި މިހާތަނަށް އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު އަދި ލިބިފައި ނުވާތީ، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަން ނުވަތަ ނޫންކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ