ގިނަ ޢަދަދެއްގެ ސިފައިންނަށް ޕްރޮމޯޝަން ދިނުމަށް ނިންމައިފިއެވެ.
ޚަބަރު އޮންލައިނަށް މަޢުލޫމާތު ލިބިފައިވާގޮތުން ޕްރޮމޯޝަން ދިނުމަށް ނިންމާފައިވާ ސިފައިންގެ ޕްރޮމޯޝަން ލިޔުމުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ މިހާރު ވަނީ ސޮއިކުރައްވަން ފަށްޓަވާފައެވެ.
އަތްޕުޅުގައި ޕްލާސްޓަރު އަޅާފައި އޮތަސް، ހުކުރަކަސް، @MariyaDidi މިރޭވެސް އެ ގެންދަވަނީ @MNDF_Official ގެ ސިފައިންނަށް ދެއްވާ ޕްރޮމޯޝަންގެ ލިޔުންތަކުގައި ސޮއިކުރައްވަމުން. ???? pic.twitter.com/SDt7WxtS2y
— Mohamed shaan SK (@kudey_a) January 22, 2021
ސިފައިންނަށް ދޭ ޕްރޮމޯޝަނާއެކު މުސާރައިގެ ކުރިއެރުންވެސް ލިބިގެންދާނެއެވެ. މިދިޔަ އަހަރުވެސް ބައެއް ސިފައިންނަށް ވަނީ މަގާމުގެ ކުރިއެރުން ދީފައެވެ.
ސިފައިންނަށް ޕްރޮމޯޝަން ދޭއިރު، އެންމެ ގާބިލް މީހުންނަކީ ކޮބައިތޯ ދެނެގަތުމަށްފަހުކަމަށް އެމްއެންޑީއެފް އިން މީގެ ކުރިން ބުނެފައިވެއެވެ. ސިފައިންނަށް ޕްރޮމީޝަން ދިނުމަށް ނިންމާފައިވާއިރު، ސިފައިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ދާދިފަހުން މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ