ރައީސް ޔަމީނަށް އިއްވީ ސަރުކާރުން ފޮނުވި ހުކުމެއް: އާދަމް ޝަރީފް

ރައީސް ޔަމީނަށް އިއްވީ ސަރުކާރުން ފޮނުވި ހުކުމެއް: އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
23 ޖެނުއަރީ 2021 11:44
0

ރައީސް ޔަމީނަށް ހައިކޯޓުން އިއްވާފައިވަނީ ސަރުކާރުން ފޮނުވި ހުކުމެއް ކަމުގައި އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވާ ކުއްލި ކައުންސިލް ބައްދަލުވުމުގައި ހުށަހެޅިފައިވާ ޤަރާރަށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަށް ހައިކޯޓުން އިއްވާފައިވާ ހުކުމުގައި ފަނޑިޔާރުންގެ ވާހަތަކުން މިއީ ފާސިގު ހުކުމެއްކަން ކަށަވަރުވާކަމަށެވެ. ދެ ފަނޑިޔާރުންގެ ރައުޔުން ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދެއްވި މީހުންނަކީ މިފަދަ ހުކުމެއް ކުރާއިރު، ހެކިބަސް ބަލައި ނުގަނެވޭނެ ބައެއްކަމަށް ސާފުކޮށް ވިދާޅުވާއިރު، މިހުމަކީ ޞައްހަ ހުކުމެއްކަމަށް ބެލޭނެ މިންގަނޑެއް ނެތްކަމަށެވެ.

ރައީސް ޔާމީންގެ ހައްގުގައި މިއަދު އޮތީ ދިވެހި ހުރިހާ ރައްޔިތުން މަގުތަކަށް ނިކުމެ އަޑުއުފުލުންކަމަށާއި، ރައީސް ޔާމީން މިނިވަން ކުރުމާއި ހަމައަށް ހުރިހާ ރައްޔިތުންވެސް މިކަމުގައި ދެމި ތިބުމަށް އާދަމް ޝަރީފް ވަނީ ގޮވާލާފައެވެ.

މިޤައުމު އޮޔާދާކަށް މަޑެއް ނުކުރެވޭނެ. މިސަރުކާރަށް ރައްޔިތުން އެދޭފަދަ ވެރިކަމެއް ނުކުރެވޭނެ. ރައީސް ޔަމީނަށް އިއްވީ ސަރުކާރުން ފޮނުވި ހުކުމެއް. ރައީސް ޔާމީން ޖަލަށް ލާފައިވަނީ މިސަރުކާރު ހަމަހިމޭންކަމާއިއެކު ވެރިކަން ކުރުމުގެ މަޤްސަދުގައި. އެކަން ކުރާކަމަށް އަޅުގަނޑުމެން ޖާގަ ނުދޭނަން. ދެން އަޅުގަނޑުމެންގެ މަސައްކަތް ނިންމާލާނީ ރައީސް ޔާމީން މިނިވަންކޮށްފަ.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއަދު ރާއްޖޭގައި އިސްލާމީ ވަހުދަތާއި، ރާއްޖޭގެ މިނިވަންކަމާއިމެދު ބޮޑެތި ސުވާލު އުފެދި، ޤައުމުގެ ރައްޔިތުން ނިކަމެތިވެ ބިކަވަމުންދާއިރު، މިފަދަ ވެރިކަމަކަށް ޖާގަ ދިނުމަކީ ރައްޔިތުން ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ. ސަރުކާރުން ރައްޔިތުންނާއި މެދު އަމަލުކުރަމުންދާ ނޭއްގާނީ ކަންކަން ހުއްޓުވައި، ރައްޔިތުންގެދެކެ ލޯބިވާ ރައީސަކު މިޤަައުމުގެ ވެރިކަމަށް ގެންނަންޖެހޭކަމަށާއި، އެއީ ރައީސް ޔާމީންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.