އިންޑިޔާއިން ކޯވިޑް ވެކްސިން ފޯރުކޮށްދިނުމުން އެކަމަށް ޝުކުރުވެރިވާންވާނެ: ނިހާން

އިންޑިޔާއިން ކޯވިޑް ވެކްސިން ފޯރުކޮށްދިނުމުން އެކަމަށް ޝުކުރުވެރިވާންވާނެ: ނިހާން

Author
މުޙައްމަދު ޝަޒައިމް
22 ޖެނުއަރީ 2021 04:34
0

އިންޑިޔާއިން ކޯވިޑް-19 ގެ ވެކްސިން ރާއްޖެއަށް ފޯރުކޮށް ދިނުމުން އެކަމަށް ޝުކުރުވެރި ވާންޖެހޭ ކަމުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ކޯވިޑް ވެކްސިންގެ 100000 ޑޯޒު ހަދިޔާ ކުރުމާއި ގުޅިގެން ދެކެވޭ ވާހަތަކަށް އިޝާރާތްކޮށް ނިހާން ވިދާޅުވެފައިވަނީ މިހާލަތުގައި ރާއްޖެއަށް އިންޑީޔާގެ އެހީތެރިކަން ލިބި އިންޑިޔާއިން ވެކްސިން ފޯރުކޮށް ދިނުމުން އެކަމަށް ޝުކުރުވެރިވާން ޖެހޭކަމަށެވެ. ރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި ދުނިޔޭގެ ކޮންމެ ޤައުމެއްގެ އެހީތެރިކަން ލިބުނު ކަމުގައި ވީނަމަވެސް އެކަމެއް ޝުކުރުވެރިކަމާއިއެކު ބަލައިގަނެ، އެ ޤައުމަކަށް ޝުކުރު އަދާކުރުމަކީ ރީތި ސިފައެއް ކަމުގައި ނިހާން ވަނީ ވިދާޅުވެފައެވެ.

ދިވެހިންނަށް ފައިދާހުރި ކޮންމެ އެހީތެރިކަމެއް ކޮންމެ ފަރާތަކުން ފޯރުކޮށްދެއްވި ނަމަވެސް އުފަލާއެކު ދިވެހިން ބަލައިގަންނަށްވާނެއެވެ. އިންޑިޔާއިން ދިވެހިންނަށް ހަދިޔާކުރި އެއްލައްކަ ޑޯޒް ކޯވިޑް ވެކްސިން އަށް ޓަކާ ވަރަށް ބޮޑަށް ޝުކުރިއްޔާ އޭ ބުނަން ވާނެއެވެ.

– ނިހާން ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރީ އިންޑިއާގެ ސެރަމް އިންސްޓިޓިއުޓްގެ ވެކްސިނަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްޓްރަޒެނަކާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. މިވެކްސިނަކީ އަދި ޑަބް.ލިއު.އެޗް.އޯ އިން އެޕްރޫވް ކޮށްފައިނުވާ ވެކްސިނަކަށް ވިޔަސް، މިވެކްސިނަކީ މިހާރުވެސް ޑަބް.ލިއު.އެޗް.އޯއިން ހުއްދަ ދިނުމުގެ މަރުހަލާގައި އުޅޭ ވެކްސިނެއްކަމަށް ރާއްޖޭގެ ޞިއްޚީ އިދާރާތަކުން ވަނީ ބުނެފައެވެ. އަދި ދުރާލައި ވެކްސިން ގެނެސް ރާއްޖޭގައި ބެހެއްޓުމަކީ ވެކްސިނަށް ހުއްދަލިބުމުން ހޯދަން އުޅުމަށްވުރެ ފަސޭހަ ވެގެންދާނެ ކަމެއްކަމަށް އެޗްޕީއޭއިންވެސް ވަނީ ބުނެފައެވެ.

ކޯވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް އިއްޑިޔާގެ އެހީތެރިކަމާއިއެކު ރާއްޖެ ގެނެސްފައި ވާއިރު، ރާއްޖެއަށް އިތުރަށް ބޭނުންވާ ވެކްސިންވެސް ލިބޭނެ މަގުތައްވެސް މިހާރު ފަހިވެފައި ވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަލީމު
nihaan kithahme India ah vai elhuviyusIndia akah Nihan eh naaruvaane dhenves jeheynee gossihya emburi annan