މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތާއި، ކޮރަޕްޝަނާއި، މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ފައިސާގެ ތެރެއިން 100،000 އެމެރިކާ ޑޮލަރު 2014 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި ޢަބްދުالله އާޡިމްއަށް ލިބުނު މައްސަލައިގެ ޝަރީއަތް އާދީތައް ދުވަހު ފެށުމަށް ތާވަލްކޮށްފި އެވެ.
އާޡިމްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ތަޙްޤީޤުކުރުމަށްފަހު ޕީޖީ އޮފީހަށް ހުށަހެޅުމުން އޭނާގެ މައްޗަށް 04 ދަޢުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ވާނީ ހުށަހަޅައިފައެވެ.
މި މައްސަލާގައި ޢަބްދުالله އާޡިމްގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކާއި، އެ ދަޢުވާތަކުގެ ތަފްޞީލު:
- ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ
ޢަބްދުالله ޢާޠިމް، 12 އޮކްޓޫބަރު 2011 އިން 14 އޭޕްރިލް 2016 އަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަޤާމުގައި ހުރިއިރު، އެ ކޮމިޝަނުން މީނާ އިސްކޮށްހުރެ ތަޙްޤީޤުކުރަމުންދިޔަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އާއި އެމްއެމްޕީއާރްސީ އާ ދެމެދު ހިންގި ޑޮލަރުގެ މުޢާމަލާތާ ގުޅޭ ކޮރަޕްޝަންގެ މައްސަލައާއި، ހ. އާހަމަ، ޢަބްދުالله ޒިޔާތު އާއި ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުއާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ މަޞްލަޙަތު ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްދާގޮތް ޙިއްޞާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މަޢުލޫމާތު ދިނުމަށާއި، ތަޙްޤީޤު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި ޢަބްދުالله ޒިޔާތު އާއި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން، 50،000 އެމެރިކާ ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސްއޯއެފް ޕްރިއިވެޓް ލިމިޓެޑްގެ އެކައުންޓުން ދޫކުރި ޗެކު މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 02 ޖޫން 2015 ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއާއި، މީނާ ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދިއެވެ.
2. މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ
ޢަބްދުالله ޢާޡިމް، 12 އޮކްޓޫބަރު 2011 އިން 14 އޭޕްރިލް 2016 އަށް އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަޤާމުގައި ހުރިއިރު، އެ ކޮމިޝަނުން މީނާ އިސްކޮށްހުރެ ތަޙު ޤީޤުކުރަމުންދިޔަ އެމްޕީއެލް އާއި އެމްއެމްޕީއާރްސީއާ ދެމެދު ހިންގި ޑޮލަރުގެ މުޢާމަލާތާ ގުޅޭ ކޮރަޕްޝަންގެ މައްސަލައާއި، ހ. އާހަމަ، ޢަބްދުالله ޒިޔާތު އާއި ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ މަޞްލަޙަތު ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްދާގޮތް ޙިއްޞާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މަޢުލޫމާތު ދިނުމަށާއި، ތަޙުޤީޤު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި ޢަބްދުالله ޒިޔާތު އާއި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން، 50،000 އެމެރިކާ ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސްއޯއެފް ޕްރިއިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން ދޫކުރި ޗެކު މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 02 ޖޫން 2015 ދުވަހު ޖަމާކޮށް ރިޝްވަތު ހިފައި ރިޝްވަތުގެ ފައިސާ ބޭނުންކޮށްފައިވާތީ ކަމަށް ބުނެފައިވެއެވެ.
3. ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ
ޢަބްދުالله ޢާޡިމް، 12 އޮކްޓޫބަރު 2011 އިން 14 އޭޕްރިލް 2016 އަށް އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަޤާމުގައި ހުރިއިރު، އެ ކޮމިޝަނުން މީނާ އިސްކޮށްހުރެ ތަޙުޤީޤުކުރަމުންދިޔަ އެމްޕީއެލް އާއި އެމްއެމްޕީއާރްސީއާ ދެމެދު ހިންގި ޑޮލަރުގެ މުޢާމަލާތާ ގުޅޭ ކޮރަޕްޝަންގެ މައްސަލައާއި، ހ. އާހަމަ، ޢަބްދުالله ޒިޔާތު އާއި ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ މަޞްލަޙަތު ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްދާގޮތް ޙިއްޞާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މަޢުލޫމާތު ދިނުމަށާއި، ތަޙުޤީޤު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައިހުރި ޢަބްދުالله ޒިޔާތު މެދުވެރިކޮށް، 50،000 އެމެރިކާ ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސްއޯއެފް ޕްރިއިވެޓް ލިމިޓެޑްގެ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން 50،000 އެމެރިކާ ޑޮލަރު ނެގޭގޮތަށް ދޫކުރި ޗެކު ލިބިގަނެ، މި ޗެކު މީ ނާގެ ކޮއްކޮއެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 15 ޖޫން 2015 ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއާއި، މީނާ ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދިއެވެ.
4. މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ
ޢަބްދުالله ޢާޡިމް، 12 އޮކްޓޫބަރު 2011 އިން 14 އޭޕްރިލް 2016 އަށް އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަޤާމުގައި ހުރިއިރު، އެ ކޮމިޝަނުން މީނާ އިސްކޮށްހުރެ ތަޙުޤީޤުކުރަމުންދިޔަ އެމްޕީއެލް އާއި އެމްއެމްޕީއާރްސީއާ ދެމެދު ހިންގި ޑޮލަރުގެ މުޢާމަލާތާ ގުޅޭ ކޮރަޕްޝަންގެ މައްސަލައާއި، ހ. އާހަމަ، ޢަބްދުالله ޒިޔާތު އާއި ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ މަޞްލަޙަތު ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްދާގޮތް ޙިއްޞާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މަޢުލޫމާތު ދިނުމަށާއި، ތަޙުޤީޤު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައިހުރި ޢަބްދުالله ޒިޔާތު މެދުވެރިކޮށް، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން 50،000 އެމެރިކާ ޑޮލަރު ނެގޭގޮތަށް ދޫކުރި ނަންބަރު ޗެކު ލިބިގަނެ، މި ޗެކު މީނާގެ ކޮއްކޮއެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 15 ޖޫން 2015 ދުވަހު ޖަމާކޮށް، މި މުޢާމަލާތަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތެއްގެ ގޮތުގައި ދެއްކުމަށްޓަކައި، މީނާގެ ކޮއްކޮގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޢަބްދުالله ޢާޡިމްގެ އެކައުންޓުން 771،000 ރުފިޔާ ޖަމާކުރުމަށްފަހު، މި ޑޮލަރަށްވާ ދިވެހި ފައިސާގެ ގޮތުގައި މީނާގެ ކޮށްކޮގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން ޗެކެއް އަޙްމަދު އިޝްފާޙް ޢަލީއަށް ދޫކޮށްފައިވާތީއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން މިއީ ރައީސް ޔާމީންއާއި، އަދީބާއި، ޒިޔަތު ފިޔަވައި ދައުވާ ކުރަން ފޮނުވުނު ފުރަތަމަ މީހާއެވެ.
ކޮމެންޓު ފޮނުވާ