ހައިކޯޓިގެ ފަނޑިޔާރު ޝަހީދުގެ ސުލޫކީ މައްސަލަ ދެން ނިކަން އަވަހަށް ކުރިއަށް ގެންދާނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ޖަލަށް ލާފައިވާ މައްސަލައިގެ ހުކުމުގެ ޝަރީއަތުގެ މަޖިލީހުގައި މިއަދު ހައިކޯޓުގެ ފަނޑިޔާރު ޝަހީދުގެ ރައުޔުވަނީ ވަރަށް ބޮޑަށް ތަފާތުވެފައެވެ. ފަނޑިޔާރު ޝަހީދުގެ ރައުޔު އިއްވަމުން ޝަހީދު ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރުގެ މައްސަލާގައި، ރައީސް ޔާމީން އަމަލުކުރެއްވި ގޮތުން، އެކަމުގައި ނުބައި ނިޔަތެއް ނެތްކަން އެނގޭކަމަށެވެ. ފަނޑިޔާރު ވިދާޅުވީ، ރައީސް ޔާމީން އަމިއްލަފުލަށް އެދިވަޑައިގެން އެސްކްރޯ އެކައުންޓެއް އުފައްދަވައި އެ އެކައުންތަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވުމުން އެމަނިކުފާނުގެ ނުބައި ނިޔަތެއް ނެތްކަން އެނގޭކަމަށެވެ. ފަނޑިޔާރު ޝަހީދުގެ ރަޢުޔުގައި އެސްކްރޯ އެކައުންޓައި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބޭނުންވެއްޖެ ހިނދެއްގައި ދައުލަތަށް އެއް މިލިއަން ޑޮލަރު ނެގޭކަން އެއްބަސްވުމުގައި ބަޔާންކުރާއިރު، އެކޮމިޝަންގެ އޭރުގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދުގެ ހެކިބަހުން އެކަން އެނގޭކަން ފާހަގަކުރެވޭކަމަށެވެ.
އަދި ޝަހިދު ވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ކޮށްފައިވަނީ ސައްޙަ ވިޔަފާރިގެމުއާމަލާތެއްކަމަށާއި، އެއީ ސައްޙަ ނޫން ވިިޔަފާރިއެއްކަން ނުވަތަ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް އެކުންފުނީގެ އެކައުންޓަށް ވަދެފައިވާކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާކަމަށްވެސް ފަނޑިޔާރު ޝަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ފަނޑިޔާރު ޝަހީދު ވިދާޅުވީ، ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހެކިންގެ ގޮތުގައި ހުށައަލާ ހެކިބަސް ނަގާފައިވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބް ޢަބްދުލްޣަފުރާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތަކީ ފާސިޤުންކަމަށް ބެލެވޭއިރު، އެދެމީހުންގެ ހެކިބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
ފަނޑިޔާރު ޝަހީދުގެ މިއަދުގެ ރަޢުޖު ހުރި ގޮތުން މީގެ 2 އަހަރު ކުރިން ޖޭއެސްސީން ބަލަން ފެށި ޝަހީދުގެ ސުލޫކީ މައްސަލަ ދެން ނިކަން ބާރަށް ކުރިޔަށް ދާނެކަމީ ފެންނާނެ ހަގީގަތެއްކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ.
2 އަހަރު ވަންދެން @MaldivesJSC ގައި ޕާކްކޮށްފައި އޮތް ފަނޑިޔާރު ޝަހީދުގެ ސުލޫކީ މައްސަލަ ދެން ނިކަން އަވަހަށް ކުރިއަށް ގެންދާނެ.
— Ahmed Hailam (@AhmedHailam) January 21, 2021
ޖޭއެސްސީން ވަނީ ރައީސް ޔާމީންގެ ހުކުމް ކުރުމަށް އެއްގަޑި އިރަށް ވެފައި ވަނިކޮށް ހައިލަމް ފަނޑިޔާރުކަމުން ސަސްޕެންޑުކޮށް، އެކި ތުހުމަތު ކުރައްވާފައެވެ. ހައިލަމްގެ އިތުރުންވެސް ގިނަ އަަދަދެއްގެ ފަނޑިޔާރުން ޖޭއެސްސީންވަނީ ވަކިކޮށް، ފަނޑިޔާރުންނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ދޭތެރެ ދޭތެރެއިން ބަލައި، ގިނަ އަދަދެއްގެ ފަނޑިޔާރުން ވަކިކުރަމުންދާ މައްސަލާގައި ގިނަ ބައެއްފެ ފާޑުކިޔުން ޖޭއެސްސީ އަށާއި މިސަރުކާރަށް ވަނީ އަމާޒުވެފައވެެ.
ކޮމެންޓު ފޮނުވާ