ކޯވިޑް-19: އަދަދުތައް ތިރިއެއްނުވޭ، އިތުރު 53 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އަދަދުތައް ތިރިއެއްނުވޭ، އިތުރު 53 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
21 ޖެނުއަރީ 2021 10:00
0

ކޯވިޑް-19އަށް މިއަދު 53 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ރޭ އިރުއޮއްސި 6 އިން މިރޭގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ފާއިތުވި 24 ގަޑިއރުގެ ތެރޭގައި ޕޮޒިޓިވްވި 53 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 29 މީހުންނާއި، މީހުން ދިރިއުޅޭ ރަށްރަށުންނާއި، ސިނާއީ އަދި ސަފާރީތަކުން 24 މީހަކު ވަނީ ޕޮޒިޓިވް ވެއްފައެވެ.

މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 14،765 އަށް އަރާފައެވެ. އައު އަހަރާއެކު ރާއްޖޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގައި ކޯވިޑަށް ފަރުވާދެމުން އަންނަނީ 1،025 މީހަކަށެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 74 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 44 މީހެކެވެ. މިއާއެކު މިހާތަނަށް ޖުމްލަ 13،683 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑަށް ޓެސްޓްކުރުމަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނަގާފައިވާ 2،541 ސާމްޕަލާއެކު މިހާތަނަށް ނެގި ސާމްޕަލްތަކުގެ ޢަދަދު 376،877 އަށް ވަނީ އަރާފައެވެ. ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 50 މީހެކެވެ. އެއީ 42 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.