ކޯވިޑް-19ގައި ފަރުވާދެމުން ދަނިކޮށް، 77 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ނިޔާވެފައިވަނީ ދިވެހި ފިރިހެއްކަމަށެވެ. މިމީހާ ނިޔާވެފައިވަނީ 10:14 ގައި ކަމަށެވެ. އެމީހާ އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ މިއަދު ހެނދުން 9:50 ގައެވެ. މިއީ ރާއްޖެއިން ކޯވިޑްގައި ނިޔާވި 50 ވަނަ މީހާއެވެ.
ރާއްޖެއިން އެންމެ ފަހުން ކޯވިޑް ބަލީގައި މީހަކު ނިޔާވެފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގައެވެ. އެއީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވެފައިވަނީ 42 ދިވެހިންނާއި 8 ބިދޭސީންނެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހިފައިވަނީ 14712 މީހުންނަށެވެ. އަދި މިވަގުތު 1017 މީހަކަށް ފަރުވާދެމުން އަންނަ އިރު 79 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 13639 މީހުންނެވެ.
ތަފްސީލް އަންނަނީ..
ކޮމެންޓު ފޮނުވާ