ރިޔަލު ދޯންޏެއްގައި އެކަނި މަހަށްފުރި 81 އަހަރުގެ މީހެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.
ޚަބަރެއް ނުވެގެން ހޯދަމުން ދަނީ ކ.މާފުށީ، ޝޭޑީގްރޯވ، އަޙްމަދު އާދަމް މަނިކު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އެކަނިމާއެކަނި މިއަދު ފަތިހު 5:30 ހާއިރު ކ.މާފުށިން މަހަށް ފުރި މި މީހާގެ ޚަބަރެއް އޭގެ ފަހުން ނުވާކަމަށެވެ. އަދި މި މީހާގެ ޚަބަރެއް ނުވެގެން ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 14:08 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. މި މީހާ މަހަށް ފުރާފައިވަނީ 18 ފޫޓުގެ ރިޔަލު ދޯންޏެއްގައެވެ. މި މީހާ ހޯދުމަށްޓަކައި އެމްއެންޑިއެފް މާލޭ އޭރިއާގެ ސިފައިން ދަނީ ޙަރަކާތެރި ވަމުންނެވެ.
މީނާ ނުވަތަ އެ ދޯނީގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ވީ އެންމެ އަވަހަކަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ހިލޭގުޅޭ ނަމްބަރު191 އަށް ގުޅައި މަޢުލޫމާތު ދިނުމަށް އެފަރާތުން އެދެއެވެ.
ކޮމެންޓު ފޮނުވާ