އައްޑޫ ސައުތް ޕާމް ރިސޯޓުން 2 ފަތުރުވެރިވެރިއަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސައުތް ޕާމް ރިސޯޓުން 2 ފަތުރުވެރިވެރިއަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
21 ޖެނުއަރީ 2021 01:20
0

އައްޑޫ ސައުތް ޕާމް ރިސޯޓް 2 ފަތުރުވެރިވެރިއަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްއީއޯސީން ބުނެފައިވަނީ މި ދެފަތުރުވެރިން ކޯވިޑަށް ޕޮޒިޓިވްވިކަން އެގުނީ ޗުއްޓީ ނިންމުމަށްފަހު ޤައުމަށް ދިއުމަށް ފުރަންވެގެން ނެގި ޓެސްޓްތަކުން ކަމަށެވެ. އަދި ޕޮޒިޓިވްވި މީހުންނާއި ގުޅުންހުރި އިތުރު 3 ސްޓާފެއްގެ ސާމްޕަލް ނަގާފައިވާކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. ރާއްޖޭގެ ރިސޯޓުތަކުން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މިހާތަނަށް 7 ރިސޯޓަކުން ވަނީ 188 މީހަކު ޕޮޒިޓިވް ވެފައެވެ.

ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.