ވަޒީފާއާއި ބެހޭ ޓްރެބިއުނަލުގެ ރައީސާއި، ނާއިބް ރައީސް އައްޔަން ކުރައްވައިފި

ވަޒީފާއާއި ބެހޭ ޓްރެބިއުނަލުގެ ރައީސާއި، ނާއިބް ރައީސް އައްޔަން ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
21 ޖެނުއަރީ 2021 12:52
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމަށް ގދ. ތިނަދޫ، ގެލަ، އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރު އައްޔަން ކުރައްވައިފިއެވެ. ވަޒީފާއާއިބެހޭ ޓްރެބިއުނަލްގެ ރައީސްގެ މަޤާމަށް އައިމަނތު އައްޔަން ކުރެއްވިއިރު، ނައިބް ރައީސްގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ އަލްއުސްތާޛު ޙަސަން އިބްރާހީމްއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް ޢައްޔަންކުރެއްވި އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރަކީ 2019 މާރިޗު 25 އިން ފެށިގެން އެ ޓްރައިބިއުނަލްގެ މެންބަރެކެވެ. އެ ބޭފުޅާ އެމްޕްލޯއިމަންޓް ލޯގެ ދާއިރާއިން މާސްޓަރސް އޮފް ލޯސް ހާސިލުކުރައްވާފައި ވަނީ އިނގިރޭސި ވިލާތުގެ ކިންގސްޓަން ޔުނިވަރސިޓީއިންނެވެ. މީގެ ކުރިން އެ ބޭފުޅާ ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ލީގަލް އޮފިސަރގެ މަޤާމާއި، ނެޝަނަލް ޕޭ ކޮމިޝަނުގެ ލީގަލް ކޮންސަލްޓަންޓްގެ މަޤާމު ފުރުއްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނުކުރެއްވި އަލްއުސްތާޛު ޙަސަން އިބްރާހީމަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، 2020 މާރިޗު 16 އިން ފެށިގެން އެ ބޭފުޅާއަކީ އެ ޓްރައިބިއުނަލްގެ މެންބަރެކެވެ. މީގެ ކުރިން އެ ބޭފުޅާ ވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، ސިވިލް ސަރވިސް ކޮމިޝަންގެ ޑިރެކްޓަރގެ މަޤާމު ފުރުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.