ޤައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމުން، އަސާސީ ހައްގުތަކުން މަހުރޫމްވާން ނުޖެހޭ: ޝިޔާމް

ޤައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމުން، އަސާސީ ހައްގުތަކުން މަހުރޫމްވާން ނުޖެހޭ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
21 ޖެނުއަރީ 2021 12:27
0

ޤައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމުން ރައީސް ޔަމީނަށް އަސާސީ ހައްގުން މަހުރޫމްވާން ނުޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ ޙުކުމް އިއްވުމަށް މިއަދު 14:15 ގައި ބާއްވާ އަޑު އެހުމަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ އިސްތިއުނާފުގެ ހުކުމެއް ނުކޮށް ރައީސް ޔާމީނަށް ނުހައްގުން އަނިޔާދޭތާ 4 މަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ.

ރައީސް ޔާމީނަކީ މިޤައުމުގެ ދީނާއި، މިނިވަންކަމާއި އިސްތިޤުލާލުގެ ހައްގުގައި ބޮޑެތި ޤުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅަކަށް ވާއިރު، އެމަނިކުފާނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތަކުންވެސް މިއަދު މަހުރޫމްކޮށް، ނުހައްގުން ދެމުންދާ އަނިޔާތަކަކީ ބަލައި ގަނެވޭނެ އަނިޔާތަކެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ އިސްތިއުނާފު އަޑު އެހުންތައް ހައި ކޯޓުގައި ނިމިފައި އޮންނަތާ މިއަދަށް 4 މަހާއި 21 ދުވަސް. އިސްލާމްދީނައި، މިނިވަންކަމާއި، ޤައުމާއި އަދި ރައްޔިތުންގެ ހައްޤުގައި މަސައްކަތްޕުޅުތަކެއް ކުރެއްވުމަކީ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދޭ ހައްގުތަކުން ރައީސް ޔާމީން މަހުރޫމްވާންޖެހޭ ކަމެއްނޫން.

– ޝިޔާމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލްކޯޓުން ކުރި ޙުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. މިހުކުމް ކުރުމަށް ފުރަތަމަ ތާވަލު ކޮށްފައިވަނީމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް ހައިކޯޓުން ހުކުމް އިއްވުން ލަސްކުރީ މިއަދަށެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔަމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މި މައްސަލާގައި 5 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށް އެ ފައިސާވެސް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.