އިދިކޮޅު ކޯލިޝަން ޚާއްސަ ޖަލްސާއެއް މިރޭ ދިއްގަރުގައި

އިދިކޮޅު ކޯލިޝަން ޚާއްސަ ޖަލްސާއެއް މިރޭ ދިއްގަރުގައި

Author
މުޙައްމަދު ޝަޒައިމް
21 ޖެނުއަރީ 2021 11:57
0

އިކޮޅު ކޯލިޝަނުން މިރޭ މ.ދިއްގަރުގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ރަށު ބަންދުގައި ތިބެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ޖަލްސާތައް ކުރިއަށް ގެންދަމުންނެވެ. ކޯވިޑް-19 އަށް ދެމުންދާ ލުއިތަކުގެ ތެރެއިން މާލޭގައި ހަފްލާތަކައި ބައްދަލުވުންތައް ބޭއްވުމަށް ދީފައިވަ ހުއްދައަކާއިއެކު އިދިކޮޅު ކޯލިޝަނުން ވަނީ މާލެ ސިޓީގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. މިޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރި ވެފައިވެއެވެ.

މ.ދިއްގަރަކީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަވާފައިވާއިރު، އަދި މިހާރު ވަރަށް ބޮޑަށް ތަަރައްޤީގެ ހިޔަނި އެޅިފައިވާ ރަށެއްކަމަށް އެރަށުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

ދިއްގަރަށް ރައީސް ޔާމީން 2018 ވަނަ އަހަރު ޖުލައި މަހުގެ10 ވަނަ ދުވަހު ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި މުޚާތަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފަވަނީ ދިރިއުޅުމުގައި ކާމިޔާބީ ލިބޭ ވަގުތު ހަމްދުކޮށް، އެކަންކަމަށް ޝުކުރުވެރި ވާންޖެހޭ ކަމަށެވެ.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ދިރިއުޅުމަކީ، އެކަމާ ދޭތެރޭގައި ވިސްނާލަންޖެހޭ ކަމެކޭ. އަޅުގަނޑުމެން ކުރިއަށް އޮތް ދުވަސްތަކާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވިސްނާލަންޖެހެޔޭ. އަޅުގަނޑުމެންގެ ހުރިހާ ކަމަކީ، އަޅުގަނޑުމެން ތަރުތީބުކުރާ އުސޫލުން ގޮސްނިމިދާ ކަންކަމެއްނޫން. އަޅުގަނޑުމެންގެ ޙަޔާތުގެ ހުރިހާ ދުވަހަކީ، އެއްވެސް މީހަކަށް އަބަދުމެ އުފާވެރިކަން ލިބޭ ދުވަހެއްނޫން. އެހެންނަމަވެސް، އުފާވެރިކަމުގެ ވަގުތުގައި އަޅުގަނޑުމެން ﷲ ހަނދުމަކުރަންވާނެ. އަޅުގަނޑުމެން ﷲ އަށް ޝުކުރު ދަންނަވަންވާނެ. ނިޢުމަތްތަކަށް ޝުކުރުވެރިވާންވާނެ. ހިތްދަތިކަމާއި ދަތިކަމުގައި އުޅޭއިރުވެސް ﷲ މަތިން ހަނދާންކުރަންވާނެ. އަދި އެކަންކަމުން އަޅުގަނޑުމެން ސަލާމަތްކުރައްވާތޯވެސް އަޅުގަނޑުމެން ޚިޔާލަށް އަންނަންވާނެ.

– ރައީސް ޔާމީން ވިދާޅުވިއެވެ.

މިރޭ ދިއްގަރުގައި ބާއްވާ ޖަލްސާގައިވެސް އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވާނީ މާލޭގެ ޕީޕީއެމް އޮފީހުގައި ތިބެގެންނެވެ. އަދި ދިއްގަރުގައި ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެރަށުގެ ޕީޕީއެމް ޖަގަހައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.