ވެކްސިން ޖަހަން ފަށާނީ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު: ޑރ.ނަޒްލާ

ވެކްސިން ޖަހަން ފަށާނީ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު: ޑރ.ނަޒްލާ

Author
މުޙައްމަދު ޝަޒައިމް
20 ޖެނުއަރީ 2021 10:43
0

ވެކްސިން ޖަހަން ފަށާނީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހުގައިކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރި އޮކްސްފޯޑު ވެކްސިންގެ 100،000 ޑޯޒް ރާއްޖެ ގެނެސް ވެކްސިން ޖެހުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޑރނަޒްލާ ވިދާޅުވީ ވެކްސިން ޖަހާނީ ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހުގައިކަމަށެވެ. ވެކްސިން ޖަހަން މިހާރު ހުޅުވާލާފައިވާ ރަޖިސްޓްރޭޝަންގެ ޕްރޮސަސްއާއި، ވެކްސިންގެ ރައްކާތެރިކަންވެސް ކަށަވަރު ކުރާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ މިއަދު ލިބުނު ވެކްސިނަކީ ރާއްޖޭގެ ޚާރިޖިއްޔާއާއި އެކުވެރި ޤައުމުތަކާއި އޮތް ގުޅުމުގެ ތެރެއިން ލިބިފައިވާ ވެކްސިނެއްކަމަށެވެ. ނަޒުލާ ވިދާޅުވީ މިވެކްސިނަކީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި، އެސްޓްރާޒެނިކާ ކުންފުނީގެ ރިސާޗުގެ މައްޗަށް ބިނާކޮށް، އިންޑިޔާގެ ސީރަމް އިންސްޓިއުޓުން އުފައްދަވާފައިވާ ކޯވިޑް-19ގެ ވެކްސިނެއް ކަމަށެވެ.

އިންޑިއާގެ ސީރަމް އިންސްޓިއުޓުން ގެނައި މިވެކްސިނަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްޓްރާޒެނަކާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއްވާ ގޮތުގައި މިއަދު ރާއްޖެ ގެނައި ވެކްސިން، ރާއްޖޭގެ އާބާދީގެ 50 ހާސް މީހުންނަށް ޖެހޭނެއެވެ. ރާއްޖެއަށް ގެނައި ވެކްސިނުގެ 100000 ޑޯޒަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ޑޯޒްތަކެކެވެ.

ކޮވިޝީލްޑް ވެކްސިނަކީ ކޯވިޑުން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން 62-90 އިންސައްތައަށް ހުންނަ އަދި އާންމު ވެކްސިންތައް ގެންގުޅޭ ފިނިހޫނު މިނުގައި ގެންގުޅެވޭ، އެއް ތަނުން އަނެއް ތަނަށް ރައްކާތެރިކަމާއެކު ގެންދިއުމަށް ފަސޭހަ ވެކްސިނެކެވެ. އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިނަކީ އިންޑިއާވެސް ހިމެނެހޭން ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި އުފެއްދަން ހުއްދަދީފައިވާ، އަދި ބައެއް ޤައުމުތަކުގައި ޖަހަންވެސް ފަށާފައިވާ ވެކްސިނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

M Mohamed
Molhu ehchekey kiyaafa india ge ufehdhumeh testah dw migenaee furathama indi aaga jahaafa ragalhu natheejaaeh jaaeh hoadhanveenu