އިންޑިޔާއިން ގެނައި ވެކްސިނަކީ ދުނިޔޭގެ އެންމެ އިތުބާރުބޮޑު ކުންފުނީގެ ވެކްސިން: ޝާހިދު

އިންޑިޔާއިން ގެނައި ވެކްސިނަކީ ދުނިޔޭގެ އެންމެ އިތުބާރުބޮޑު ކުންފުނީގެ ވެކްސިން: ޝާހިދު

Author
މުޙައްމަދު ޝަޒައިމް
20 ޖެނުއަރީ 2021 03:30
0

އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިންގެ 100000 ޑޯޒަކީ ދުނިޔޭގެ އެންމެ ތަޖުރިބާ ހުރި، އިތުބާކުރެވޭ ވެކްސިން ކުފުންނިން އުފައްދާފައިވާ ވެކްސިނެއް ކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިންގެ 100000 ޑޯޒް ރާއްޖެ ގެނެސްފައިވަނީ މިއަދު މެންދުރުފަހު އިންޑިއަން އެއަރލައިންސްގެ ފްލައިޓެއްގައެވެ. އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން ގެނައި މިވެކްސިނަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްްޓްރާޒެނަކާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއްވާ ގޮތުގައި މިއަދު ރާއްޖެ ގެނައި ވެކްސިން، ރާއްޖޭގެ އާބާދީގެ 50 ހާސް މީހުންނަށް ޖެހޭނެއެވެ.

މިކަމަށްޓަަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ފާއިތުވެދިޔަ ދިހަމަސް ދިވެހި ރައްޔިތުން ހޭދަކުރީ ހިތްދަތިކަމާއި، ދަތި އުދަގޫ ކަމާއިއެކުގައި ކަމަށެވެ. އިންޑިޔާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން މިފަދަ ބޮޑު އެހީތެރިކަން ދެއްވިކަމަށްޓަކައި މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ.

މިނިސްޓަރ ވިދާޅުވީ ކޯވިޑްގެ ރައްކާތެރިކަމުން އަރައިގަތުމަށް އަޅަންޖެހެ ފިޔަވަޅު ދުވަހުން ދުވަހަށް ސަރުކާރުން ދިޔައީ އަޅަމުން ކަމަށެވެ. އެގޮތުން ވެކްސިން ހޯދުމުގެ މަސައްކަތް ކުރެއްވުމުގެ މަސްއޫލިއްޔަތު ފޮރިން މިނިސްޓްރީއާއި ހަވާލުކުރެވި މިއަދު މިކަން ހަގީގަތަކަށް ވެފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވެކްސިން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ވަނީ ލިބިފައި ވާކަމަށާއި، މިއީ ދުނިޔޭގެ އެންމެބޮޑު ވެކްސިން އުފައްދާ ކުންފުނިން އުފައްދާފައިވާ އިތުރުބާރު ހުރި ވެކްސިނެއްކަމަށް ޝާހިދު ވިދާޅުވިއެވެ،

އިންޑިޔާއަށް ވެކްސިން ދޭން ފެށިތާ 4 ދުވަސް ތެރޭގައި ރާއްޖެއަށް ވެކްސިން ފޯރުކޮށް ދިންކަމީ ރާއްޖެއާއިމެދު ދެކޭ ގޮތާއި، އޮތް ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެތްކަމަށް ވިދާޅުވެ މިނިސްޓަރ ޝާހިދު ވަނީ އިންޑިޔާގެ ބޮޑު ވަޒީރަށާއި، އިންޑީޔާގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.