ގައިޑްލައިނަށް، އިލެކްޝަންގެ ބޮޑެތި ފާޑުކިޔުން، ރޯދައިގެ ކުރިން އިންތިޚާބު ބޭއްވުމުގެ ފުރުސަތު ކުޑަ

ގައިޑްލައިނަށް، އިލެކްޝަންގެ ބޮޑެތި ފާޑުކިޔުން، ރޯދައިގެ ކުރިން އިންތިޚާބު ބޭއްވުމުގެ ފުރުސަތު ކުޑަ

Author
މުޙައްމަދު ޝަޒައިމް
20 ޖެނުއަރީ 2021 01:10
0

ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާއިއެކު އެޗްޕީއޭއިން ކަނޑައެޅި ގައިޑްލައިނުގައި ހުރި ބޮޑެތި ކަންބޮޑުވުން ފަހަގަކޮށް، މިހާރު އޮތް ގައިޑްލައިނާއެކު އިންތިޚާބު ބާއްވައިނަމަ، މިހާރު ކުރާ ޚަރަދުކޮށް އިތުރު އިންތިޚާބެއް ބާއްވަންޖެހިދާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އިންތިޚާބު ޖޫންމަކަށް ފަސް ކުރުމަށް އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ކިބައިން އެދިވަޑައިގެންފިއެވެ. އިންތިޚާބު ބޭއްވުމަށް މިއަދުގެ ބައްދަލުވުމުގައި ވަނީ ދެ ތާރީޚަކާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އެގޮތޮތުން އޭޕްރީލް 3 ނުވަތަ 10 ވަނަ ދުވަހު އިންތިޚާބް ބޭއްވުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ.

މިއަދުގެ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަނުން ވަނީ ގައިޑްލައިންގައި ހުރި ވަކިވަކި މާއްދާތަކަށް ރިޢާޔަތްކޮށް، ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަން ޖެހޭނަމަ އިންތިޚާބު އިންސާފުވެރިކަމާއިއެކު ނުބޭއްވި ދައުލަތުން ބޭކާރު ބޮޑު ޚަރަދެއް ކުރަންޖެހިދާނެކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެން މިހާރު އޮތް ގައިޑްލައިނާއިއެކު އިންތިޚާބު ބާއްވައިފިނަމަ، އިތުރު 51 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ޖެހޭނީ އިންތިޚާބެއް ބާއްވަން. މި އިންތިޚާބަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އެންމެ ފުޅާ އިންތިޚާބަށްވާއިރު، މިހާރު އޮތް ގައިޑުލައިނުން އަޅުގަނޑުމެންނަކަށް ނެތް މިކަން ކުރެވޭކަމަށް.

– ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އިންތިޚާބު ބޭއްވުމަށް މިހާރު ހަދާފައިވާ ގައިޑްލައިނާއިއެކު އިންތިޚާބު ބާއްވައިފިނަމަ، ދެވަނަ އިންތިޚާބެއް ބޭއްވުމަށް ޖެހުމަކީ ދުރުކަމެއް ނޫންކަމަށެވެ. އިންތިޚާބެއް ބޭއްވުމަށް ޤާނޫނުން މަތިކޮށްފައިވާ ހައްގުތައް ނުދީ އިންތިޚާބު ބޭއްވުމަކީ އިލެކްޝަނަށް ކުރެވޭނެ ކަމެއްނޫންކަމަށް ހަބީބު ވިދާޅުވިއެވެ. މިހާރު ގައިޑްލައިން އޮތް ގޮތުން އިލެކްޝަންގެ މަންދޫބުންނަށް ޓްރެނިން ދޭންޖެހެނީވެސް އޮންލައިންކޮށް ކަމަށާއި، އޮންލައިންކޮށް މި އިންތިޚާބުގައި ޓްރެނިން ދިނުމަކީ ކުރެވޭނެ ކަމެއްނޫންކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ކެންޕެއިން ކުރުމުގެ ހައްގު ނުލިމުމާއި، ގައިޑް ލައިން އޮތްގޮތުން، އިންތިޚާބު މޮނިޓާކުރުމުގެ ހައްގު ނުލިބުމާއި، ޤާނޫނީ ގޮތުން އެތައް ބަޔަލަށް ލިބެންޖެހޭ ހައްގުތަކުން ހަނިވާކަމަށް ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި އެޗްޕީއޭއިން ވިދާޅުވީ މިގައިޑްލައިނަކީ ޑްރާފްޓެއް ކަމަށާއި، މިއަދު ކުރެވުނު މަޝްވަރާތަކާއިއެކު ހަމަހަމަ ފުރުސަތު ލިބޭނެ އިންތިޚާބެއް ބޭއްވުމަށް އެކުލަވާލާ ފައިނަލް ގައިޑްލައިންގައި ހާއްސަ އިސްކަމެއް ދޭނެކަމަށެވެ. މިބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވީ މިހާރު އޮތް ހާލަތުގައި އިންތިޚާބު ބާއްވައިފިނަމަ ޤާނޫނީ ގިނަ ސުވާލުތަކެއް ކުރިމަތިވާއިރު، ރާއްޖެއަށް ވެކްސިން ލިބި އެންމެންނަށް ވެކްސިން ފޯރުކޮށް ދިނުމަށްފަހު އިންތިޚާބު ޖޫން މަހަށް ފަސްކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. އަދި މިގޮތަށް ސިޔާސީ ޕާޓީތަކުން އެއްބަސްވެ އިތުރު މަޝްވަރާއަކަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވަނީ ގޮވާލާފައެވެ.

މިއަދު ބޭއްވި އިލެކްޝަން ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ދެ ތާރީޚަކާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އެގޮތުން އޭޕްރީލް 3 ނުވަތަ 10 ވަނަ ދުވަހު އިންތިޚާބް ބޭއްވުމަށް ވަނީ މަޝްވަރާކޮށްފައެވެ. ނަމަވެސް މިތާރީހު ތަކުގައި އިންތިޚާބު ބޭއްވި ނަމަވެސް މިނިވަންކަމާއި އިންސާފުވެރިކަމާއިއެކު ދެފުއްފެންނަ އިންތިޚާބެއް ބޭއްވިދާނެ ކަމާއިމެދު އިލެކްޝަނުން ވަނީ ސުވާލު އުފައްދަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަސީމް
ކީއްވެ ހޭ ރޯދައިގެ ކުރިން މި އިންތިޚާބު ނުބޭއްވެންވީ މިކަންކަން ދިގުލައިގެން ދިޔާމަ ޤައުމަށް ގެއްލުންވެގެންދަނީ ކިހާވަރަކަށްކަން އެނގިނުލައްވަނީތޯ...