އެމް.ޑަބް.ލިޔު.އެސް.ސީގެ އައު ލޯގޯ އިފްތިތާޙްކޮށްފިއެވެ.
މިބަދަލު ގެނެސްފައިވަނީ އެކުންފުންޏަށް 25 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. ލޯގޯ އިފްތިތާޙުކޮށްދެއްވާފައިވަނީ، މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމު އާއި، މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހުއެވެ.
ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏެއްގެ އިތުރުން، މިއަދު އެމް.ޑަބް.ލިޔު.އެސް.ސީ. އަކީ ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާއެއްގައި އިންޖީނިއަރިންގ، މެނުފެކްޗަރިންގ އަދި ޓްރޭޑިންގ ދާއިރާއިންވެސް ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ.
MWSC's enhanced logo unveiling pic.twitter.com/lsatFVGem7
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) January 20, 2021
އެމް.ޑަބް.ލިޔު.އެސް.ސީން ބުނެފައިވަނީ ޒަމާނަށް އައި ބަދަލުތަކާއެކު، ކުންފުނީގެ ޚިދުމަތްތައް ފުޅާވެ، އިތުރު ދާއިރާ ތަކުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ފައިތިލަ ސާބިތުކޮށް ކުރިއަރައިގެން ގޮސްފައިވާ މިންވަރު ރަމްޒުކޮށްދިނުމުގެ ގޮތުން، އައު ލޯގޯގައި ވަނީ ކުރީގެ ލޯގޯގައިވާ ކުލަތަކާއި ޓައިޕޯގްރަފީ ޒަމާނީ ކުރެވިފައެވެ.
ކޮމެންޓު ފޮނުވާ