ޗެލްސީ ބަލިވެ، ލަމްޕާޑަށް އިތުރު ޕްރެޝަރު

ޗެލްސީ ބަލިވެ، ލަމްޕާޑަށް އިތުރު ޕްރެޝަރު

Author
މުޙައްމަދު ޝަޒައިމް
20 ޖެނުއަރީ 2021 09:28
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަތުން 2-0 އިން މޮޅުވެ ލެސްޓާ ސިޓީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ރޭ ލެސްޓާ އަށް ލީޑުނަގައިދިނީ މެޗުގެ ހަ ވަނަ މިނިޓްގައި ނައިޖީރިއާގެ މިޑްފީލްޑަރު ވިލްފްރިއެޑް އެންޑީޑީ އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. ޗެލްސީ އަށް އެއްވަރުކޮށްދޭން ކަލުމް ހަޑްސަން އޮޑޯއި އަށް ރަނގަޅު ފުރުސަތެއް ލިބި ބޭނުމެއްނުކުރެވުނެވެ.

ލެސްޓާ ލީގުގެ އެއް ވަނައިގައި އޮތީ 19 މެޗުން 38 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 18 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 17 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ނަމަވެސް މިރޭ ކުޅޭ މެޗުތަކުން ލީގުގެ މަޤާމުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ލީގުގެ ކުރީގައި ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.

މިސީޒަނަށް އެންމެ ބޮޑު ޚަރަދެއްކޮށްގެން ލީގުގައި ވާދަކުރާ ޗެލްސީއަށް އެދެވޭ ކާމިޔާބީއެއް ނުހޯދޭތީ އެޓީމުގެ ކޯޗު ލަމްޕާޑުގެ މުސްތަގުބަލާއިމެދު މިމަހުގެ ތެރޭގައި ގޮތެއް ނިންމުމަށް ބޯޑުންވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.