ވެރިކަން ކުރާ އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންގެ ތެރެއިން ސޯޝަލް މީޑިޔާގައި ޕާޓީއާއި ސަރުކާރު ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތް ކުރަމުންދާ އިޤްބާލު އަހުމަދު ބޭސްފަރުވާ ހޯދަން އެދި ނުލިބި ގިނަ ކަންބޮޑުވުންތަކެއް ދަނީ ހިއްސާ ކުރަމުންނެވެ.
ޚަބަރު އޮންލައިނަށް މައުލޫމާތު ދެއްވަމުން އިޤްބާލު ބުނެފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ފުރަން ޖެހޭއިރު، ބޭސްފަރުވާގެ އެހީތެރިކަމަށް އެދި ފޮނުވާފައިވާ ސިޓީއަށް މިއަދާއި ހަމައަށްވެސް ޖަވާބެއް ދީފައި ނުވާކަމަށެވެ. އިޤުބާލު ބޭސްފަރުވާގެ އެހީތެރިކަމަށް އެދިފައިވަނީ އޭނާގެ ބައްޕަގެ ލޮލުގެ ފަރުވާއަކަށް ރާއްޖެއަށް ދިއުމަށެވެ. އިޤްބާލަކީ މާލީ ގޮތުން މާބޮޑު ތަނަވަސް ކަމެއްނެތް، ދިރިއުޅުމުގައި ވަރަށް ދަތި ހާލުގައި ދިރިއުޅެމުންދާ މީހަކަށްވާއިރު އޭނާވަނީ ބޭސްފަރުވާގެ އެހީތެރިކަމަށް އެދި ކަމާއިބެހޭ ގިނަ ފަރާތްތަކަށް މި ސިޓީ ފޮނުވާފައެވެ.
can u give me an answer as soon as possible….sunday we will get the visa insha' we need quick replay…any help
Kobatho letterge javaabu…25th January ga furanee ….this isAhmed manik ge daughter in law pic.twitter.com/1y8Z2efYmN
— Iqbaal Ahmed ?? (@IqbaalAhmed20) January 19, 2021
އިޤުބާލުގެ ސިޓީގައި ބުނެފައިވަނީ ލޮލަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން އަލިތަންތަން ބެލުމަށް އުނދަގޫވެ، މިކަމާއި ގުޅިގެން މީގެ ކުރިން އޮފަރޭޝަނެއް ކުރިވަފައިވީ، ނަމަވެސް މިކަމަށް އެދެވޭހައްލެއް އަދިވެސް ލިބިފައި ނުވާ ކަމެއްކަމަށެވެ. މިހާރު އިތުރަށް ގޯސްވަމުންދާތީ އާއި ރާއްޖެއިން ފަރުވާދެވުން ނެތުމުން ރާއްޖެގައިތިބި ޑޮކްޓަރުންވަނީ ބޭރަށް ދިއުމަށް ލިއުންދީފައިކަމަށެވެ. އަދި ސަރުކާރުން އާސަންދައިން އެހީލިބުނަސް ރާއްޖެއިން ބޭރުގާ ގިނަ ޚަރަދުތަކެއް އަމިލައަށްވެސް ކުރަންޖެހޭތީ މާލީ ތަނަވަސްކަން ހުރި ގޮގުން މިޚަރަދު ކުރެވެން ނެތުމުން އޭނާ ވަނީ މިކަމުގެ އެހީއަށް އެދިފައެވެ.
އިޤުބާލުގެ މިސިޓީއަށް ޖަވާބެއް ނުލިބި ސޯޝަލް މިޑިޔާގައި މިކަމަށް އެމްޑީޕީގެ އިސް ބޭފުޅުންނާއި، ސަރުކާރު ކޯލިޝަންގެ އިސްބޭފުޅުން ޓެގްކޮށް އެދެމުންދާއިރުވެސް މިކަމަށް މާބޮޑު ސަމާލުކަމެއް އެއްވެސް ފަރާތަކުން ދީފައި ނުވެއެވެ. އޭނާ ވަނީ ރައީސް ޞާލިހާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ޓެގްކޮށް، ޓުވީޓު ކުރައްވާފައެވެ. މާލީ ގޮތުން ތަނަވަސްކަން ނެތް މީހުންނަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދާއިރު، އިތުރު އެހީތެރިކަމަށް އެދުމުން އެންސްޕާ މެދުވެރިކޮށް ބައެއް ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެވެ. ނަމަވެސް މިކަމަށް މިހާތަނަށް އެއްވެސް ފަރާތެއްގެ ޖަވާބެއް ލިބިފައި ނުވާތީ އިގުބާލު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ