ދަރިފުޅަށް ޚަރަދު ނުދިނުމުން، މީހެއްގެ ވަނަވަރު ކޯޓުން ޢާއްމުކޮށްފި

ދަރިފުޅަށް ޚަރަދު ނުދިނުމުން، މީހެއްގެ ވަނަވަރު ކޯޓުން ޢާއްމުކޮށްފި

Author
އަހުމަދު
02 ޖުލައި 2026 12:12
0

ދަރިފުޅަށް ދޭންޖެހޭ ޚަރަދު ގަވާއިދުން ނުދޭތީ، ފިޔަވަޅެއްގެ ގޮތުން މީހެއްގެ ވަނަވަރު އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ޢާއްމުކޮށްފިއެވެ.

ރަސްދޫ މެޖިސްޓްރޭޓް ކޯޓުން މިގޮތަށް މަޢުލޫމާތު ހާމަކޮށްފައިވަނީ އދ. މަންދޫ، ނޫރަންމާގެ، މުޙައްމަދު ޙަބީބުގެއެވެ. އެ ކޯޓުން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާގެ މަޢުލޫމާތު ޢާއްމުކުރަން ނިންމީ ކޯޓު މެދުވެރިކޮށް ދަރިފުޅަށް ދައްކަންޖެހޭ ސާބިތު ޚަރަދުގެ ފައިސާ ގަވާއިދުން ދައްކަމުން ނުދާތީއެވެ.

ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ދަރިންނަށް ކުރަންޖެހޭ ޚަރަދު ނުދީ ހިފަހައްޓާ ފަރާތްތަކުގެ ނަންތައް ހާމަކުރުމުގެ އުސޫލަކީ 2018 ވަނަ އަހަރު ފެމިލީ ކޯޓުން ފެށި މަސައްކަތެކެވެ. ނަމަވެސް އޭގެ ކުރިން ޅ. ހިންނަވަރު ކޯޓުންވެސް ވަނީ މި އުސޫލަށް ޢަމަލުކުރަން ފަށާފައެވެ. އަދި މިހާރުވެސް ފެމިލީ ކޯޓުން ދޭތެރެއަކުން މިފަދަ ފަރާތްތަކުގެ މަޢުލޫމާތު ޢާއްމުކުރަމުން ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.