ޑރ. މުހައްމަދު ރަޝީދާއި އައްބާސްއަށް ޚިދުމަތުގެ އެންމެ މަތީ ޝަރަފު

ޑރ. މުހައްމަދު ރަޝީދާއި އައްބާސްއަށް ޚިދުމަތުގެ އެންމެ މަތީ ޝަރަފު

Author
އަހުމަދު
19 ނޮވެމްބަރ 2026 11:56
0

 

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑރ. މުހައްމަދު ރަޝީދު އިބްރާހީމަށް ދީނީ ގޮތުން ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު އަރުވައިފިއެވެ. އެ ޖަލްސާގައި އައްބާސް އިބްރާހީމަށް ދިވެހި ބަހާއި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ވެސް އެރުއްވިއެވެ. ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިން ކަމުގައިވާ މި ދެ ބޭފުޅުންނަށް ޝަރަފުގެ އައްޑަނައަކާއި މެޑެއްޔެއް ވެސް ވަނީ އަރުވައިފައެވެ.

ޑރ. ރަޝީދު ވަނީ ދައުލަތަށް 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައިފައެވެ. އެބޭފުޅާ ވަނީ އަހުމަދިއްޔާ ސްކޫލުގެ މުދީރުކަމާއި، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމާއި، ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަން ފަދަ މަގާމުތައް ފުރުއްވައިފައެވެ. ރައީސް މައުމޫނުގެ ސަރުކާރުގައި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ނެރުމުގައި ވެސް އެބޭފުޅާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

އައްބާސް ވަނީ ދައުލަތަށް 57 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައިފައެވެ. އެބޭފުޅާ ވަނީ ރައީސް މައުމޫނުގެ ސަރުކާރުގައި މިނިސްޓަރެއްގެ ގޮތުގައާއި މަޖިލިސް މެންބަރެއްގެ ގޮތުގައި ހިދުމަތްކުރައްވައިފައެވެ. ނޫސްވެރިކަމުގެ ދާއިރާގައި ފަތިސް އާއި އާފަތިސް ނޫސް ހިންގެވި އައްބާސް، ޅެންވެރިއެއްގެ ގޮތުގައި ވެސް މަޝްހޫރެވެ. މިހާރު އެބޭފުޅާ ހުންނަވަނީ ހެރިޓޭޖް މިނިސްޓްރީގެ މުޝީރުކަމުގައެވެ.

މިރޭގެ ޖަލްސާގައި ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 56 ބޭފުޅަކަށް ވެސް ލިބިވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.