ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހަތަރު ޕާޓީއަކުން މިއަހަރު 13,500 އަށްވުރެ ގިނަ މެންބަރުން ވަކިވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފްސީލުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ނިޔަލާ އަޅާބަލާއިރު އެންމެ ގިނަ މެންބަރުން ގެއްލިފައިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށެވެ. 12,343 މެންބަރުން ތިބި އެ ޕާޓީގައި މިހާރު ތިބީ 7,770 މެންބަރުންނެވެ. އެއީ 4,573 މެންބަރުންގެ މަދުވުމެކެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން 3,913 މެންބަރުން ވަކިވެ، އެ ޕާޓީގެ މެންބަރުންގެ އަދަދު 5,773 އަށް ދަށްވެއްޖެ އެވެ. އަދާލަތު ޕާޓީން 2,723 މެންބަރުން ވަކިވެ 5,544 މެންބަރުން މިހާރު ތިބިއިރު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން 2,310 މެންބަރުން ވަކިވެ، އެ ޕާޓީގައި މިހާރު ތިބީ 2,823 މެންބަރުންނެވެ.
ނަމަވެސް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން ވަނީ އިތުރުވެފައެވެ. ބުރާސްފަތި ރޭގަނޑު 7:30 ގެ ނިޔަލަށް ޕީއެންސީއަށް 25,586 މެންބަރުން އިތުރުވެ، 99,634 މެންބަރުން ތިބިއިރު، އެމްޑީޕީއަށް 10,089 މެންބަރުން އިތުރުވެ 53,873 މެންބަރުން މިހާރު އެޕާޓީގައި އެބަތިއްބެވެ.
ކޮމެންޓު ފޮނުވާ