ތިމާވެށީގެ އެކި ނަންނަމުގައި ދުނިޔޭގެ އެކި ޤައުމުތަކުން ބޮޑެތި މާލީ އެހީތެރިކަން ހޯދައިގެން މިސަރުކާރުން ކުރާހާވެސް ކަމަކީ ދިވެހި ރައްޔިތުންނާއި، ޤައުމު ބަދުނާމު ކުރުންކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރިސޯޓްތަކުން ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ނުހުއްޓޭނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ބުނުމާއި ގުޅިގެން، ކުނިއަޅާ ރިސޯތްތައް ޖޫރިމަނާކޮށް ބަންދުކުރަން ޖެހިދާނެކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ދެއްވައި ދެއްކެވި ވާހަކަތަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ މިޤައުމަށްވުރެ ގިނައިން ތިމާވެށި ވިއްކައިގެން ފައިސާ ހޯދާ ޤައުމެއް ދުނިޔޭގައިވެސް ނޯންނާނެކަމަށެވެ.
ނަމަވެސް އެފައިސާ ޚަރަދުކޮށްގެން ސަރުކާރުން ކުރާކަމެއް ރައްޔިތުންްނައިރު، ލިބޭ މިފަދަ ފައިސާތަކާއި، ދައުލަތަށް ނަގަމުންދާ ގްރީން ޓެކްސްއިން ސަރުކާރުން ކުރަނީ ކޮންކަމެއްތޯ ޝިޔާމް ވަނީ ސުވާލު އުފައްދާފައެވެ.
ކީއް ކުރާނީތޯ ބޮންޑޭ. މި ޤައުމަކީ ތިމާވެށީގެ ނަމުގައި ނިސްބަތުން ޤައުމަށް އެންމެ ގިނަ ފައިސާ ވައްދާ ޤައުމު. އެފައިސާ އަދި ގްރީން ޓެކްސް ހޭދަކުރަނީ ކޮން ކަމަކަށްތޯ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު. މާފުއްޓާއި، އަދި ރާއްޖޭގެ ރައްޔިތުން ބަދުނާމު ކުރުން ނޫންކަމެއް ސަރުކާރަށް އެބަ ކުރެވޭތޯ؟
– ޝިޔާމް ވިދާޅުވިއެވެ.
Keehtho kuraanee @BondeM4 ! Mi qaumakee thimaavesheege namugai nisbathun qaumakah emme gina faisa beyrun vahdhaa qaumu. Efaisa adhi Green Tax heydha kuranee kon kamakahtho @ibusolih? Maafuttaa adhi Raajjeyge rayyithun badhunaam kurun noo kameh sarukaarah eba kureveytho? https://t.co/KuapiqYdxK
— Ahmed Shiyam (@Shiyamaldives) January 19, 2021
ރިސޯޓްތަކުން ކަނޑަށް ކުނި އަޅާ މައްސަލާގައި މަޓީގެ އެވާހަކަތަކަށް ރައްދުދެއްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ރަޝިދު (ބޮންޑެ) ވިދާޅުވީ، ފަޅުރަށްތަކުގައި ރިސޯޓު ހަދަން ދޫކުރީ ކުއްލިއަަކަށް ނޫންކަމަށާއި، ބޭނުން ވަސީލަތެއް ބޭނުންކުރުމަށް ރިސޯޓު ހޯދުމަށް ބިޑްކުރާ ލިޔެކިޔުންތަކުގައި ބުނެފައިވާކަމަށެވެ.
ފަޅުރަށްތަކުގައި ރިސޯޓު ހަދަން ދޫކުރީ ކުއްލިއަަކަށް ނޫން ! ކުނިމެނޭޖް ކުރުމާ ކުނިނައްތާލާނެ ދުނިޔޭގައި ލެއްވި ހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށް ރިސޯޓު ހޯދުމަށް ބިޑްކުރާ ލިޔެކިޔުންތަކުގައި މިނިސްޓްރީގައި ހުންނާނެ ! ޖޫރިމަނާ ކުރެވޭނެ ! ރިސޯޓު ބަންދުވެސް ކުރެވޭނެ !
– މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
ރިސޯޓުތަކުން ކަނޑަށް ކުނި އަޅާ މައްސަލާގައާއި، ރާއްޖޭގެ ފަތުރުވެރިކަން އެންމެބޮޑަށް ފުޅާވެފައިވާ ރަށްރަށުގެ ފަޅު ތެރޭގައި ކުނި ގިނަވެ މިކަމަށް އެދެވޭ ހައްލެއް ނުގެނެވޭ މައްސަލާގައި ގިނަ ބައެއްފެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ