ދިވެހި ފަސް ރުފިޔާގެ ނޫޓެއް ދަތުން ހަފައި ވީދާލި ބިދޭސީ ފިރިހެނެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގުކުރަން ފަށައިފިއެވެ.
މި މައްސަލަ ފުލުހުންނަށް އެނގުނީ އެ މަންޒަރު ފެންނަ ވީޑިއޯއެއް ޓިކްޓޮކްގައި ފެތުރުމާ ގުޅިގެންނެވެ. ވީޑިއޯ ފެތުރުމާއެކު ދިވެހިން ދަނީ އެ ކަމަކީ ގައުމީ ފައިސާއަށް ކުރި ބޮޑު އިހާނެތިކަމެއް ކަމަށް ބުނެ، އެ މީހާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
ފުލުހުން ބުނެފައިވަނީ ވީޑިއޯގެ މައްސަލަ އެމީހުންނަށް އެނގިފައިވާ ކަމަށާއި، މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވާއިދުތަކުގެ ދަށުން، ދިވެހި ފައިސާގެ ނޫޓަކަށް ގަސްދުގައި ގެއްލުންދިނުމަކީ މަނާ ކަމެކެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުގެ މުދަލަށް ގެއްލުންދިނުމުގެ ދައުވާ ގާނޫނުލް ޢުގޫބާތުގެ ދަށުން އުފުލިދާނެއެވެ. މިފަދަ ކުށްތަކަށް ޖަލު ހުކުމާއި ޖޫރިމަނާ ފަދަ އަދަބުތައް ގާނޫނުގައި ކަނޑައަޅާފައިވެއެވެ.
ކޮމެންޓު ފޮނުވާ