އިޙުތިރާމުގެ ޤައުމީ މަޝްރޫޢު މިރޭ ފަށަނީ، ރަސްމިއްޔާތަށްފަހު ހަވާ އަރުވާނެ

އިޙުތިރާމުގެ ޤައުމީ މަޝްރޫޢު މިރޭ ފަށަނީ، ރަސްމިއްޔާތަށްފަހު ހަވާ އަރުވާނެ

Author
އަހުމަދު
14 ނޮވެމްބަރ 2026 07:12
0

 

އެކަކު އަނެކަކަށް އިޙުތިރާމުކުރުމުގެ ސިފަ ދިވެހި މުޖުތަމަޢުގައި އަލުން އާލާކުރުމަށް ފަށާ ޤައުމީ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިފްތިތާޙުކޮށްދެއްވާނެއެވެ. މި ރަސްމިއްޔާތު ބާއްވަނީ މާލޭގެ މާފަންނު ޓްރެކް ސަރަޙައްދުގައެވެ.

ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ ރަސްމިއްޔާތަށްފަހު މިރޭ 9:40 އާއި 10:30 އާ ދެމެދު ހަވާ އަރުވާނެ ކަމަށެވެ. ހަވާ އެރުވުން ގާތްގަނޑަކަށް ތިން މިނެޓު ދެމިގެންދާނެއެވެ.

މި މަޝްރޫޢުގެ ބޭނުމަކީ މުޖުތަމަޢުގެ އެކި ފަރާތްތަކުގެ ގުޅުން ބަދަހިކުރުމާއި، ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ޤަދަރާއި އިޙުތިރާމުކުރުމުގެ އާދަ ހަރުދަނާކުރުމެވެ. މި ކެމްޕޭން ފެއްޓެވީ ދިވެހި ބަހާއި ތާރީޚާއި ސަޤާފަތް ދިރުވައި ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް ރައީސް ދެއްވާ އިސްކަމުގެ ތެރެއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.