1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ވަގުތު ރެކީ ޕެޓްރޯލަށް ނުކުމެވި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބަވާ ފަސް ބޭފުޅަކަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނަ އަރުވައިފި އެވެ.
އައްޑަނަ ހަވާލުކޮށްދެއްވީ ރޭ ބޭއްވުނު ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މި ޝަރަފު ލިބިވަޑައިގަތީ ސާޖެންޓް ފަސްޓްކްލާސް (ރިޓަޔާޑް) އިބްރާހީމް ޝަރީފް، ސްޓާފް ސާޖެންޓް (ރިޓަޔާޑް) ހުސައިން އަލީ، ސާޖެންޓް (ރިޓަޔާޑް) ހުސައިން މަނިކު، ކޯޕްރަލް (ރިޓަޔާޑް) އަބްދުﷲ ނަސީމް އަދި ލާންސް ކޯޕްރަލް (ރިޓަޔާޑް) އަބްދުﷲ މުފީދަށެވެ.
ޖަލްސާގައި ދިވެހި ސިފައިން "ލޭގެ ޖިހާދު" ގެ ނަމުގައި ނޮވެމްބަރު ތިނެއްގެ ތަމްސީލެއް ދައްކާލި އެވެ. އަދި ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް ވެސް ރައީސް ނެރުއްވައިދެއްވި އެވެ.
ކޮމެންޓު ފޮނުވާ