ހޯމް ކަރަންޓީނުގައި ހުރި ކޮމަންޑޫ ސްކޫލުގެ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހޯމް ކަރަންޓީނުގައި ހުރި ކޮމަންޑޫ ސްކޫލުގެ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2021 12:05
0

ށ.ކޮމަންޑޫގައި ހޯމް ކަރަންޓީންގައި ހުރި އެރަށު ސްކޫލުގެ ޓީޗަރަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޮމަންޑޫއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ އެރަށު ސްކޫލުގައި ކިޔަވައި ދެމުންދާ ފިރިހެން ޓީޗަރެކެ. އޭނާ ހޯމް ކަރަންޓީނުގައި ހުރީ ރާއްޖެއިން ބޭރަށް ދިއުމަށްފަހު އެބުރި އައިސްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާގެ ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް ނެގި ސާމްޕަލުންކަމަށް ކޮމަންޑޫ ކައުންސިލުން ވަނީ ބުނެފައެވެ.

ނަމަވެސް އޭނާ ހުރީ ހޯމް ކަރަންޓީންގައި ކަމަށްވުމުން ރަށުގެ ތެރެެއަށް އެކަމުގެ ބިރުވެރިކަމެއް ނެތްކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންއގެ އަދަދު އިތުރުވަމުންދާއިރު އަތޮޅު ތެރޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.