ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުމަށް ޖަމްޢިއްޔަތުއް ސަލަފުން ތާއީދުކުރާ ކަމަށް ބައެއް ނޫސްތަކުން ފަތުރާ ޚަބަރަކީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު ޚަބަރެއް ކަމަށް ޖަމްޢިއްޔާއިން ބުނެފިއެވެ.
ސަލަފުން މިހެން ބުނެފައި ވަނީ ނޫހަކުން ޖަމްޢިއްޔާއާ ގުޅުވައިގެން މިފަދަ ޚަބަރެއް ފަތުރާފައިވާތީއެވެ. އެ ޚަބަރަށް ރައްދުދެއްވަމުން ސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ، ޖަމްޢިއްޔާއިން އިލްތިމާސްކޮށްފައި ވަނީ ތަރައްޤީގެ ކޮންމެ މަޝްރޫޢެއްގައި ވެސް ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީ ވަންތަކަން ކަށަވަރުކުރުމަށް ކަމަށެވެ.
ޝައިޚް ޢަބްދުﷲ ވިދާޅުވީ، ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދެމެހެއްޓުން ލާޒިމު ކަމަށާއި، އެކަމަށް ބުރޫއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.
ރަސްމާލެ މަޝްރޫޢާ ގުޅިގެން އުފެދުނު މައްސަލައިގައި، އެފަދަ ބޭރުގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ގާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް ހެދުމުގައި މައިގަނޑު 8 ކަމަކަށް ރިޢާޔަތްކުރުމަށް ސަލަފުން ވަނީ ކުރިން ސަރުކާރަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ