ޒައިނިޒަމްއާ ދެކޮޅަށް އަޑުއުފުލި ހަމައެކަނި ވެރިއަކީ އަޅުގަޑު: ރައީސް

ޒައިނިޒަމްއާ ދެކޮޅަށް އަޑުއުފުލި ހަމައެކަނި ވެރިއަކީ އަޅުގަޑު: ރައީސް

Author
އަހުމަދު
29 އޮކްޓޯބަރ 2026 08:33
0

 

ރާއްޖޭގެ ތާރީޚުގައި ޒައިނިޒަމްއާ ދެކޮޅަށް އެމަނިކުފާނަށް ވުރެ ފާޅުގައި ވާހަކަ ދައްކަވާފައިވާ އެހެން ވެރިއަކު ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ދުބާއީގެ އީގަލް ހިލްސްއާ ގުޅިގެން ރަސްމާލޭގައި ތަރައްޤީކުރާ "މޯލްޑިވްސް ވޯޓަރފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ސަބަބުން ޒައިނިސްޓުންނަށް ރާއްޖޭގައި ފުރުސަތު ހުޅުވިގެންދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ފާޑުކިޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ޓްރާންސިޝަން މަރުޙަލާގައި ވެސް ފަލަސްތީނުގެ މައްސަލައިގައި ރާއްޖޭގެ މަޤާމު ހާމަކުރެއްވި ކަމާއި، އިޒްރޭލުން ހިންގަނީ ޖެނޮސައިޑެއް ކަމަށް އދ.ގައި އިޢުލާންކުރެއްވި ފުރަތަމަ ދިވެހި ރައީސަކީ އެމަނިކުފާނު ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އިޒްރޭލް ޕާސްޕޯޓް މަނާކުރަން ނިންމެވީ ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކާއި ޕީއެންސީގެ ބައެއް ބޭފުޅުން އެކަމާ ދެކޮޅަށް އެދިވަޑައިގަންނަވަމުން ދިޔައިރު ކަމަށާއި، އެކަމުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރަސްމާލޭގައި ރަލާއި އޫރުމަހާއި ކެސިނޯ ނުހުންނާނެ ކަމަށާއި، މިސްކިތްތަކާއި ފަސް ވަގުތު ބަންގި ގޮވާ ތަނެއް ކަމުގައި އެތަން ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އިޒްރޭލްގެ ރައްޔިތުންނަށް އެތަނުން ތަނެއް ގަތުމާއި ކުއްޔަށް ހިފުން ގާނޫނުން މަނާވާނެ ކަމަށާއި، އެއް ޤައުމެއްގެ ރައްޔިތުންނަށް ގަނެވޭނީ ގިނަވެގެން 25 ޕަސެންޓް ކަމަށް ވެސް ވިދާޅުވި އެވެ. މި ހުރިހާ ޝަރުތެއް އެއްބަސްވުމުގައި ހިމަނާނެ ކަމަށާއި، އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.