ގުރައިދޫ ޞިއްޚީ މަރުކަޒަށް ބޭނުންވާ ސާމާނު ޣައްސާން ހަދިޔާ ކުރައްވައިފި

ގުރައިދޫ ޞިއްޚީ މަރުކަޒަށް ބޭނުންވާ ސާމާނު ޣައްސާން ހަދިޔާ ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2021 11:57
0

ތ.ގުރައިދޫ ޞިއްޚީ މަރުކަޒަށް ބޭނުންވާ ޞިއްޚީ ސާމާނުތައް ނުލިބި ލަސްވެ، ރައްޔިތުންގެ ހުރި ކަންބޮޑުވުމަށް ހައްލު ގެނެސް ދެއްވުމަށް އެދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ޞިއްޚީ ސާމާނު ގުރައިދޫ މަރުކަޒަށް ހަދިޔާ ކުރައްވައިފިއެވެ.

ގުރައިދޫ ޞިއްޚީ މަރުކަޒަށް ބޭނުންވާ ޞިއްޚީ ސާމާނު ނުލިބި އެރަށުގެ ޞިއްޚީ މަރުކަޒުވަނީ އެކި ފަހަރުމަތީން ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް ލިޔުމުންވެސް އެތަކެތި ބޭނުންވާކަމަށް އެދިފައެވެ. ނަމަވެސް ތަކެތި ނުލިބި ގިނަ ދުވަސްތަކެއްވާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުމަށް ހައްލު ގެނެސް ދެއްވުމަށް ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ޣައްސާންވަނީ ގިނަ ސާމާނުތަކެއް ހަދިޔާކޮށްފައެވެ.

ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަީ އަޅުގަނޑުގެ ޒިންމާއެއް، މަސްއޫލިއްތެއް ކަމަށް ދެކެން. ދާއިރާގެ ޚާދިމަކަށް ވުމީ، ފަހުރެއް.

– ޣައްސާން ވިދާޅުވިއެވެ.

އަތޮޅު ތެެރޭގައި ހުރި ޞިއްޚީ ގިނަ ޚިދުމަތްދޭ ތަންތަނުން ތަކެތި ހުސްވުމާއި، ބޭނުންވާ ސާމާނު ނުލިބޭކަމުގެ ޝަކުވާ ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. އަދި ޚާއްސަކޮށް އަތޮޅު ތެރޭގައި ދިމާވާ ޞިއްޚީ މައްސަލަތައް އިތުރުވެ، ގިނަ ރަށްރަށުން ފަރުވާ ހޯދުމަށް ދުރު އަތޮޅުތަކަށް ވަނީ ދަތުރުކުރަން ޖެހިފައެވެ. ކޯވިޑް-19 އާއިގުޅިގެން ޞިއްޚީ ޚިދުމަތް ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލު ކުުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.