ރާޖް މި ފަޅާއަރުވާލީ ޕްރިޔަންކާގެ ބައެއް ސިއްރުތައް!

ރާޖް މި ފަޅާއަރުވާލީ ޕްރިޔަންކާގެ ބައެއް ސިއްރުތައް!

ހިންދީ ފިލްމް "ދަ ވައިޓް ޓައިގާ" މިމަހުގެ 22 ވަނަ ދުވަހު ނެޓްފްލިކްސް އިން ޕްރެމިއާކުރުމަށް ހަމަޖެހިފައިވާއިރު މި ފިލްމުގެ ލީޑު ތަރިންގެ އެކުވެރި ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. ގިނަ ބެލުންތެރިންގެ ތަރުހީބާއި ސަމާލުކަން މި ވީޑިއޯއަށް ވަނީ ލިބިފައެވެ.

ފިލްމުގައި ދެމަފިރިންގެ ރޯލުން ފެނިގެންދާ ޕްރިޔަންކާ ޗޯޕްރާ އާއި ރާޖްކުމާރް ރާއޯ ރޭގަނޑުގެ ކެއުމަކަށް އިންސާފު ކުރުމުގެ ތެރެއިން ނާގާފައިވާ މި ވީޑިއޯގައި ރާޖް ޕްރިއަންކާ ގާތުގައި އެންމެ މީރީ ކޮން ފްލޭވަރ އެއްގެ ހަޖްމޯލާ އެއް ތޯ ސުވާލު ކުރެއެވެ. އަދި ޕްރިއަންކާ ވަރަށް ހިނިއައިސްފައި އިނދެ އަނބާއި ހެލަނބެލި ފްލޭވަރ ވަރަށް ކަމުދާ ކަމަށް ބުނެއެވެ. އަދި ދުފުން ކަމުދޭތޯ ރާޖްކުމާރް އެހުމުން ދުފުމަށްވުރެ "ޕާން ޕަސަންދް" މެޓާ މާ ކަމުދާކަމަށް ޕްރިޔަންކާ ބުނީވެސް ލަދުރަކި ހިނިތުންވުމަކާއި އެކުގައެވެ.

މި ވީޑިއޯ އިންސްޓަގްރާމްގައި ރާޖްކުމާރް އާންމުކުރިތާ 12 ގަޑީރުތެރޭ 1.9 މިލިއަން މީހުން ބަލާފައެވެ. އަދި ފަސްލައްކަ އަށްވުރެ ގިނަ ލައިކްވަނީ ލިބިފައެވެ.

 

View this post on Instagram

 

A post shared by RajKummar Rao (@rajkummar_rao)

ޓްވިޓާގައި މި ވީޑިއޯ ހިއްސާކުރަމުން ޕްރިޔަންކާ ބުނެފައި ވަނީ "ރާޖް ތިމަންނަގެ ސިއްރެއް ފަޅާއަރުވާލީ" ކަމަށެވެ.

ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް ބޮޑެތި ކާމިޔާބީ ތަކެއް ހޯދާފައިވާ ޕްރިޔަންކާވަނީ 2018ވަނަ އަހަރު ހޮލީވުޑްގެ މަޝްހޫރު ލަވަ ކިއުންތެރިއެއް ކަމުގައިވާ ނިކް ޖޯނަސްއާ ކައިވެނިކޮށްފަ އެވެ. ޕްރިޔަންކާގެ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމް "ދަ ވައިޓް ޓައިގާ"ގެ ޓްރޭލާ ބެލުމަށްފަހު ނިކްއާއި އޭނާގެ ބައްޕަވެސް ވަނީ ޕްރިޔަންކާއަށް ވަރަށްބޮޑަށް ތައުރީފް ކޮށްފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *