ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މިލިއަނެއްހާ ރުފިޔާ ނެގި ބިދޭސީއަކު ބަންދު ކޮށްފި

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މިލިއަނެއްހާ ރުފިޔާ ނެގި ބިދޭސީއަކު ބަންދު ކޮށްފި

Author
އަހުމަދު
15 އޮކްޓޯބަރ 2026 08:11
0

 

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މިލިއަނެއްހާ ރުފިޔާ ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ރައްޔިތަކު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ރާޝިދެވެ. އޭނާއަށް ފުލުހުން ތުހުމަތުކުރަނީ ހިޔާނާތުގެ ކުށެވެ.

ބަންދު ޝަރީއަތުގައި ފުލުހުން ބުނީ، ޑޮލަރު ގަންނަން ބޭނުންވި ފަރާތުން ރާޝިދު ފައިސާ ހޯދި ނަމަވެސް ޑޮލަރު ނުދިނުމުން، އެ ފަރާތުން އޭނާއަށް އަނިޔާކޮށް ފުރާނައަށް ނުރައްކާވެސް ކޮށްފައިވާ ކަމަށެވެ. ރާޝިދާ ދެކޮޅަށް ފުލުހުން ވަނީ ބަޔާންތަކާއި ފުލުހުންގެ ހާދިސާ ރިޕޯޓުތަކާއި އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅާފައެވެ.

ހުށަހެޅި ހެކިތަކުން ތުހުމަތުކުރާ ކުށް ރާޝިދު ކުރިކަމަށް ތުހުމަތުވާތީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ކޯޓުން ކަނޑައެޅިއެވެ.

ވަކީލެއްގެ އެހީތެރިކަމަށް ރާޝިދު އެދުނުއިރު، ދައުލަތުގެ ހަރަދުގައި ވަކީލަކު އައްޔަނުކުރުމަށް ގިނަ ދުވަސް ނަގާތީ، ވަކީލަކު އައްޔަނުކުރުމަށް ކޯޓުން އޭނާއަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ. ވަކީލަކު އައްޔަނުވުމުން ބަންދު މުރާޖައާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ކޯޓުން އެންގިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.