ޓްރެފިކް ގަވާއިދާ ޚިލާފުވުމުން ފިޔަވަޅުއެޅުން އެސްއެމްއެސް އާއި އީމެއިލުން

ޓްރެފިކް ގަވާއިދާ ޚިލާފުވުމުން ފިޔަވަޅުއެޅުން އެސްއެމްއެސް އާއި އީމެއިލުން

Author
އަހުމަދު
14 އޮކްޓޯބަރ 2026 09:24
0

 

އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކަށް ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފިޔަވަޅު އަޅަން އިޤްތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 93 ވަނަ މާއްދާގެ ދަށުން ގެންނަ މި ބަދަލާ އެކު، ހަތް ދުވަހުގެ ފަހުން މި ނިޒާމު ހިންގަން ފަށާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށާއި، ފިޔަވަޅު އެޅޭ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު އެސްއެމްއެސް އާއި އީމެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން، ސިމްސް ޕޯޓަލުގައި ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އަޕްޑޭޓުކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.

ފުރަތަމަ މަރުޙަލާގައި ބަލާނީ މާލެ އާއި ހުޅުމާލޭގައި ހޮސްޕިޓަލާއި ސްކޫލުތައް ހުންނަ ސަރަޙައްދުތަކާއި ކަފިހި ހުރަސްތަކަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ސްލޮޓުތަކަށެވެ. މާލޭގައި މަޖީދީމަގު، އަމީނީމަގު، ސޯސަންމަގު އަދި ބޮޑުތަކުރުފާނުމަގު ހިމެނޭއިރު، ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ގިނަ މަގުތަކެއްގައި ވެސް މި ނިޒާމު ތަންފީޒުކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.