ދައުލަތުގެ އާމްދަނީ 31.5 ބިލިޔަނަށް، ޚަރަދު 35.9 ބިލިޔަނަށް

ދައުލަތުގެ އާމްދަނީ 31.5 ބިލިޔަނަށް، ޚަރަދު 35.9 ބިލިޔަނަށް

Author
އަހުމަދު
14 އޮކްޓޯބަރ 2026 03:06
0

 

ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީ 31.5 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ ވުޒާރާއިން އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.6 ބިލިޔަން ރުފިޔާއަށްވުރެ 3 އިންސައްތައިގެ އިތުރުވުމެކެވެ.

އާމްދަނީ އިތުރުވުމުގައި މައިގަނޑު ދައުރެއް އަދާކޮށްފައިވަނީ އިމްޕޯޓް ޑިއުޓީ އާއި ޖީޖީއެސްޓީއެވެ. އިމްޕޯޓް ޑިއުޓީ 18.3 އިންސައްތަ އިތުރުވެ 2.7 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ޖީޖީއެސްޓީ 7.7 އިންސައްތަ އިތުރުވެ 4.3 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ 7.4 އިންސައްތަ އިތުރުވެ 24.3 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު 515 މިލިޔަން ރުފިޔާއަކީ 77 އިންސައްތައިގެ އިތުރުވުމެކެވެ.

ނަމަވެސް ދައުލަތުގެ ޚަރަދު އިތުރުވެފައިވަނީ އާމްދަނީއަށްވުރެ ބޮޑު މިންވަރަކުންނެވެ. 8 އޮކްޓޫބަރު 2026 ގެ ނިޔަލަށް ޖުމްލަ ޚަރަދު 18.3 އިންސައްތަ އިތުރުވެ 35.9 ބިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. އެހީ އާއި ސަބްސިޑީގެ ޚަރަދު 43.7 އިންސައްތަ އިތުރުވެ 10.3 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ހަމައެކަނި ސަބްސިޑީއަށް ކުރި ޚަރަދު 71.8 އިންސައްތަ އިތުރުވެ 4.2 ބިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. މުސާރަ އާއި އުޖޫރައަށް 5.5 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، އާސަންދައަށް 1.9 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދު 5.2 އިންސައްތަ ދަށްވެ 3.8 ބިލިޔަން ރުފިޔާއަށް ދަށްވިނަމަވެސް، މި މުއްދަތުގައި ދައުލަތުގެ ހިސާބުތަކުގައި 4.4 ބިލިޔަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް ރެކޯޑްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.