ދެކުނަށް ބޯވާރޭ: މެޓް އޮފީހުން ހުދު ސަމާލު ނެރެފި

ދެކުނަށް ބޯވާރޭ: މެޓް އޮފީހުން ހުދު ސަމާލު ނެރެފި

Author
އަހުމަދު
14 އޮކްޓޯބަރ 2026 03:01
0

ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހިދާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މި ސަމާލުގައި ހިމެނެނީ ގއ.އަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދެވެ. ސަމާލު ނެރުނީ މިއަދު މެންދުރު 13:15 ގައި ކަމަށާއި، އެއީ މިރޭ 19:00 އާ ހަމައަށް ދެމިއޮންނާނެ ސަމާލެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭވެހި، ބައެއް ރަށްރަށަށް ގުގުރާނެ ކަމަށްވެސް ލަފާކުރެވެއެވެ. ވައިޖެހޭނީ ހުޅަނގުއުތުރާއި އުތުރުން، ގަޑިއަކު 5 އިން 15 މޭލުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުތަކުގައި ގަޑިއަކު 30 މޭލާ ހަމައަށް ވައިގަދަވެދާނެއެވެ.

ކަނޑު އާދައިގެ ވަރަކަށް މަޑުވާނެ ނަމަވެސް ވިލާގަނޑުތަކުގައި ކަނޑު ގަދަވެދާނެ ކަމަށާއި، ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.