ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި 14 ވަރަކަށް މިސްކިތް ހުޅުވުމަށް ރާވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބަޔާންކުރައްވައިފިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭގައި ބިނާކުރެވޭ ދާއިމީ ތިން މިސްކިތް ވެސް ހިމެނެއެވެ.
ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބާވެފައިވާ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ފަސޭހަތަކާއެކު އާ މިސްކިތްތައް އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަމުންދެއެވެ.
މީގެ ކުރިން ޖޫން 16 ވަނަ ދުވަހު، އައްޑޫ ހުޅުދޫގައި 200 މީހުންނަށް ނަމާދުކުރެވޭ "މަސްޖިދު ޒުލައިޚާ މުޙައްމަދު" ހުޅުވާލިއެވެ. އެ މިސްކިތް ބިނާކުރީ ހުޅުދޫއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އެހީގައެވެ.
ކޮމެންޓު ފޮނުވާ