ޅ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓެއް ނެރެފިއެވެ.
މެޓުން ބުނީ މި އެލާޓް ދެމިއޮންނާނީ މިއަދު ހަވީރު 6:00 އިން ފެށިގެން މިރޭ 12:00 ގެ ނިޔަލަށް ކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ތަފާތު ސަރަޙައްދުތަކަށް މޫސުން ގޯސްވާ ދުވަސްވަރަކަށްވުމުން، ޚާއްޞަކޮށް ކަނޑުދަތުރުކުރާ މީހުން ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން އެދިފައިވެއެވެ.
ކޮމެންޓު ފޮނުވާ